ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުން މަޖިލީހަށް ވަޑަނުގަތުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރިޔާސަތުން އަންގާ އެންގުން އިއުލާންކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިއަދު މަޖިލީހަށް ވަޑައިގަތީ 22 މެމްބަރުން ކަމަށާއި މަޖިލީހުގައި ދާއިރާތައް ތަމްސީލްކުރައްވާ 87 މެމްބަރުން ތިއްބަވާކަމަށެވެ.
މިއިން ކޮންމެ މެމްބަރަކީ ބޮޑު މުސާރަ ނަންގަވާ މެމްބަރުން ކަމަށާއި އަދި ކޮމެޓީ އެލަވަންސް އެހާމެ ގިނައިން ލިބިވަޑައިގަންނަވާ ބޭފުޅުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަންނަވާ މެމްބަރުން މަދުވުމުން އެކަމުގެ ކަންބޮޑުވުން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގައިވެސް ފާޅުކުރައްވާފައެވެ.
މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ބަޖެޓުގެ ބަޖެޓުގެ ކަންކަން ނިންމަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފަވާއިރު ބަޖެޓު ކޮމެޓީގެ ރިޕޯޓަށް މެމްބަރުން 15 މިނިޓްގެ ވަގުތެއް ވަނީ ކަނޑައަޅާފައެވެ.
އަންނަ އަހަރަށް ދަޢުލަތުން ލަފާކުރާ ބަޖެޓްގެ އެންމެ ބޮޑު ޢަމާޒަކީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ރައްޔިތުންނަށްވެފައިވާ ވަޢުދުތައް ފުއްދުމެވެ.