ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް ގއ. ނިލަންދޫ، ލިލީމާގޭ، އަޝްރަފް ޢަލީ މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

އަޝްރަފް ޢަލީ ވަނީ 2016 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓާސް ޑިގްރީ އިން ލެންގުއޭޖެ އެންޑް ކަލްޗަރ ހާޞިލްކުރައްވާފައެވެ.

މި މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަޝްރަފް ޢަލީ ވަނީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސް އެންޑް ކަލްޗަރގެ ޑީންގެ މަޤާމާއި، އަލިމަސް އެކަޑެމީގެ ރައީސްގެ މަޤާމާއި، ދިވެހި ބަހުގެ އެކަޑެމީގެ ރައީސްގެ މަޤާމު ފަދަ މަޤާމުތައް ފުރުއްވާފައެވެ.

މީގެއިތުރުން އަޝްރަފް ޢަލީއަށް ވަނީ ސާކް ލިޓްރަރީ އެވޯޑް 2019 ވަނަ އަހަރު ލިބިވަޑައިގަންނަވާފައެވެ.