ޤަތަރު ވޯލްޑް ކަޕް | 23 ނޮވެމްބަރު 2022| ގުރޫޕް އީގެ ފުރަތަމަ މެޗު: ޖަޕާން އަދި ޖަރުމަން

ފީފާ ވޯލްޑް ކަޕް 2022ގައި ގުރޫޕު އީގެ ފުރަތަމަ މެޗުން 2014ގެ ޗެމްޕިއަން ޖަރުމަނު ބަލިވެއްޖެއެވެ.

މިމެޗުގައި ފީފާގެ ރޭންކިންގެ 11ވަނައިގައި އޮތް ޖަރުމަނު ވާދަކުރީ 24ވަނައިގައި އޮތް ޖަޕާންއާއެވެ. ރޭންކިންގައި ޖަރުމަނާއި އަޅާކިޔާއިރު ޖަޕާނަކީ ވަރަށް ދަށް ޓީމެކެވެ.

ޖަރުމަނަކީ ފިފާ ވޯލްޑް ކަޕްގައި ބްރެޒިލް ނަގާފައި ދެން އެންމެ ކާމިޔާބު ޓީމެވެ. އެޓީމު ވޯލްޑް ކަޕްގައި ވާދަނުކުރަނީ 1930 އަދި 1950 ވަނަ އަހަރު އެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް ފިޔަވައި ގްރޫޕް ސްޓޭޖުން އެޓީމު ކަޓާފައެއް ނުވެއެވެ. ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އެޓީމުން އެންމެ ފަހުން ހޯދީ 2014 ވަނަ އަހަރު އާޖެންޓީނާ ބަލިކޮށްގެންނެވެ. ހަތަރު ތަށި ހޯދުމުގެ އިތުރުން ފައިނަލުގައި ހަތަރު ފަހަރު ޖަރުމަނު ވަނީ ބަލިވެފައެވެ. އެންމެ މެޗެއް ފިޔަވައި އެހެން ހުރިހާ މެޗަކުން ބަލިވެ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް އެފްއިން ޖަރުމަނު ދިޔައީ ފުލަށެވެ.

ބުދަ ދުވަހު ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފެނިގެންދިޔައީ ޖަރުމަނުގެ ގޯލަށް ނުރައްކާކޮށް ޖަޕާނުން ގޯލްތަކެއް ޖަހައި މެޗު ކާމިޔާބުކުރި މަންޒަރެވެ. 2-1ގެ ނަތީޖާއަކުން ނިމުނު މިމެޗުގައި ޖަރުމަނުން ޖެހި ހަމައެކަނި ގޯލްއަކީ ޕެނަލްޓީއެއް ކާމިޔާބުކޮށްގެން އެޓީމުން ޖެހި ލަނޑެކެވެ.

ޖަރުމަނުން ބޯޅަ ހިފަހައްޓައިގެން ގިނައިރު ކުޅުނު ނަމަވެސް މެޗުގައި މޮޅު ކުޅުމެއް ދައްކައި ޖަޕާނުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗު ކާމިޔާބުކޮށްފައެވެ.

ފުރަތަމަ ލީޑުގައި އޮތް ޖަރުމަނުން ވަނީ މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ހަމަލާއެއް އުފައްދާފައެވެ. ޖަރުމަނަށް ލީޑު ފުޅާކޮށްދޭން ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅަށްކޮށް އެޓީމުގެ ކައި ހަވާޓްޒް ގޯލެއް ޖެހިއެވެ. ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށްވާތީ ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ.

މެޗުގެ ދެވަނަ ހާފުގައި ޖަރުމަނުން ޖަޕާނުގެ ގޯލަށް ނުރައްކާކުރިއެވެ. އެކަމަކު ގޯލަށް ބޯޅަ ވައްދާލެވޭ ގޮތް ނުވިއެވެ. އެއަށް ވުރެ ޖަޕާނުގެ ކީޕަރުގެ ހުށިޔާރުކަން ބޮޑެވެ. ޖަރުމަނަށް އިތުރު ގޯލެއް ނުޖެހި އުޅެނިކޮށް ދެން ފެނުނީ ޖަޕާނުން އެޓޭކިން ގޭމެއް ފެށިތަނެވެ. މިގޮތުން ޖަޕާނުން ޖަރުމަނުގެ ގޯލަށް ހަމަލާތަކެއް ފޮނުވާލިއެވެ. އެކަމަކު އެހަމަލާތައް ނާކާމިޔާބުކޮށްލީ ޖަރުމަނުގެ ކީޕަރެވެ. ނަތީޖާ ހަމަހަމަކުރަން ޖަޕާނުގެ ކުޅުންތެރިން ކުރި މަސައްކަތުން މެޗުގެ 75 ވަނަ މިނެޓުގައި ވަނީ ފުރަތަމަ ބޯޅަ ޖަރުމަނުގެ ގޯލަށް ވައްދާފައެވެ. މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުން ކުޅެން ނުކުތް ރިޓްސޯ ޑޯންއެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ފަހު، އެޓީމުން ވަނީ ފުލުފުލުގައި ޖަރުމަނުގެ ގޯލަށް އެޓޭކްކޮށްފައެވެ. މިގޮތުން ފޮނުވާލި ގިނަ ބޯޅަތައް ކީޕަރު ދިފާއުކުރި ނަމަވެސް، 83ވަނަ މިނެޓުގައި ޖަޕާނުގެ ޓަކޫމާ އަސާނޯ ވަނީ ގޯލަށް ބޯޅަ ވައްދައި، ދުނިޔޭގެ ޗެމްޕިއަނެއްގެ ގޮތުގައި ނަން ކިޔޭ ޖަޕާނުގެ މައްޗަށް ކުރި ހޯދާފައެވެ.

ގުރޫޕް އީގައި ދެން އޮތީ ސްޕެއިންއާއި ކޮސްޓަ ރީކާއެވެ. ދެވަނަ ބުރަށް ދިއުމަށް ޖަރުމަނަށް ސްޕެއިން އާއި ކޮސްޓަ ރީކާ ބަލިކުރަން މަޖުބޫރެވެ.