ޤަތަރު ވޯލްޑް ކަޕް 2022 | 24 ނޮވެމްބަރު 2022 | ގުރޫޕް ޖީގެ ދެވަނަ މެޗު: ބްރެޒިލް އަދި ސާބިއާ

ޤަތަރު ފީފާ ވޯލްޑް ކަޕް 2022ގައި ބުރާސްފަތި ދުވަހުގެ ރޭ ގަދަފަދަ ބްރެޒިލް އަދި ސާބިއާ ބައްދަލުކުރި މެޗު ބްރެޒިލް ކާމިޔާބުކޮށްފިއެވެ.

ފީފާ ރޭންކިންގެ އެއްވަނައިގައި އޮތް ދެކުނު އެމަރިކާއަށް ނިސްބަތްވާ ބްރެޒިލްއަކީ ފީފާ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ގައުމެވެ. އަދި ފީފާ ވޯލްޑް ކަޕްގެ ހުރިހާ މުބާރާތަކަށް ކޮލިފައިވުމުގެ ޝަރަފު އޮތް ހަމައެކަނި ގައުމުވެސް މެއެވެ. އެގައުމުން ވަނީ 5 ވޯލްޑް ކަޕް ކާމިޔާބުކޮށް، ދެ ވޯލްޑް ކަޕްގައި ރަނަރ-އަޕްގެ ޝަރަފު ހޯދާފައެވެ. މިމެޗުގައި ދެން ކުޅުނު ސާބިއާ ވަނީ މީގެ ކުރިން ދެ ވޯލްޑް ކަޕެއް ކުޅެފައެވެ. ސާބިއާ ޤަތަރު ވޯލްޑް ކަޕަށް ކޮލިފައިވީ ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައެވެ. ބްރޒިލްގެ ކުޅުންތެރިން މިމެޗުގައި ފެނުނީ ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ކުޅުނު މަންޒަރެވެ. ސާބިއާއިން ކުޅުނީ ޕާސިންގ ގޭމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ނުރައްކާ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. އެކަމަކު 30 މިނިޓާއި ހަމައަށް ސާބިއާއަށް ގޯލަށް އަމާޒު ހަމަލާއެއް ފޮނުވިފައި ނުވެއެވެ. މެޗުގެ 25 ވަނަ މިނިޓުގައި ބްރެޒިލްއިން ވަނީ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެހަަމަލާގެ ހުރަހަކަށްވީ ސާބިއާގެ ކީޕަރެވެ.

ފުރަތަމަ ހާފު ނިމުނީ، ގަދަފަދަ ބްރެޒިލް އަދި ސާބިއަށް ވެސް ގޯލެއް ނުޖެހި 0-0-ގެ ނަތީޖާއަކުންނެވެ. މިހާފުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބްރެޒިލް ނަމަވެސް، ބޯޅަ ހިފަހައްޓައިގެން ހާފުގެ 40.7 އިންސައްތަ ކުޅުނީ ސާބިއާއިންނެވެ. ފުރަތަމަ ހާފުގައި ސާބިއާއަށް ކޯނަރެއް ނުލިބުނު ނަމަވެސް، ބްރެޒިލްއަށް ވަނީ 4 ކޯނަރު ލިބު ބޭކާރުވެފައެވެ.

ބްރެޒިލް އާއި ސާބިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: ފީފާ

މެޗުގެ ދެވަނަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ފެނުނީ، ބްރެޒިލްގެ ފަރާތުުންނެވެ. މެޗުގެ 62ވަނަ މިނިޓުގައި ބްރެޒިލުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ބްރެޒިލުން ލީޑު ނެގީ ރިޗާލިސަން ގެ ގޯލުންނެވެ. މިލަނޑުގެ ކުރިން، 60 ވަނަ މިނެޓުގައި އެޓީމުގެ އެލެކްސް ސާންޑްރޯ ވެސް ވަނީ ނުރަކާތެރި ފޮނުވާލާފައެވެ. އެކަމަކު އެބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަކުރަން ސާބިއާއިން މަސައްކަތް ކުރަނިކޮށް، މެޗުގައި ބްރެޒިލްއަށް ލީޑު ނަގައިދިން ކުޅަދާނަ ފޯވާޑް ރިޗާލިސަން ވަނީ އިތުރު ގޯލެއް ޖަހައި 73ވަނަ މިނެޓުގައި ލީޑު ފުޅާކޮށްދީފައެވެ.

މީގެ ކުރިން، ޕްރިމިއަރ ލީގުގައި އެވަޓަން އަތުން މޮޅުވި މެޗުގައި އަނިޔާވުމުން ރިޗާލިސަން ވޯލްޑް ކަޕްގައި ނުކުޅެވިދާނެކަމަށް ބެލެވުނެވެ. އެހެންނަމަވެސް ސްކޭންތަކަށްފަހު އެނގުނީ އޭނާއަށް ސީރިއަސް އަނިއާއެއް ލިބިފައި ނުވާކަމެވެ. ގަދަވެ ސަލާމަތުން މިމުބާރާތަށް ނުކުތް 25 އަހަރުގެ ފޯވާޑް ހުރީ ރަނގަޅު ފޯމެއްގައެވެ.

މިމެޗު ނިމިގެންދިޔައީ ނަތީޖާއަށް ބަދަލެއް ނައިސް ބްރެޒިލް މޮޅުވެގެންނެވެ.

މިގުރޫޕްގައި ދެން ހިމެނޭ ސްވިޒަލެންޑް އަދި ކަމަރޫންގެ ކުރިމަތިލުން ބުރާސްފަތި ދުވަހުގެ ހަވީރު އޮތްއިރު، 1-0ގެ ނަތީޖާއަކުން މޮޅުވީ ސްވިޒަލެންޑެވެ.