"ސިޓީ ޕޮސިބަލް" ނެޓްވޯކުގެ މެންބަރަކަށް ވުމަށް ފުވައްމުލައް ސިޓީ ކައުންސިލް އިން މާސްޓާކާޑާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސިޓީ ޕޮސިބަލްއަކީ ދުނިޔޭގެ އެކި ސިޓީތަކާއި، ވިޔަފާރިތަކާއި، ތަޢުލީމީ ދާއިރާ އަދި ކޮމިއުނިޓީތައް އެކުވެގެން ދެމެހެއްޓެނިވި އަދި އުފެއްދުންތެރި އުމްރާނީ ތަރައްގީ ގެނައުމަށް އެކުލަވާލެވިފައިވާ ވިއުގައެކެވެ.

މީގެ 3 އަހަރު ކުރިން އުފެދިގެންއައި މި ނެޓުވޯކުގައި މިހާރު 50 ގައުމުގެ މައްޗަށް އެކުލެވޭހެން 300އަށް ވުރެ ގިނަ ސިޓީއާއި 600 އަށްވުރެން ގިނަ ކޮމިއުނިޓީތައް ހިމެނެއެެވެ. ސިޓީތަކަށް ދެމެހެއްޓެނިވި އިޖުތިމާއީ އަދި އިގުތިސާދީ ތަރަށްގީ ފުރިހަމަ ގޮތުގައި ގެނައުމަށް މި ނެޓްވޯކުގައި ހިމެނޭ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.

ސިޓީތަކަށް ދެމެހެއްޓެނިވި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ ފުރިހަމަ ގޮތުގައި ގެނައުމަށް މި ނެޓްވޯކުގައި ހިމެނޭ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.

"ސިޓީ ޕޮސިބަލް" ނެޓްވޯކުގައި ބައިވެރިވުމުން އެހެން ސިޓީތަކުގައި ބޭނުން ކުރަމުން އަންނަ ތަފާތު ސޮލިއުޝަންތަކާ ބެހޭ މައުލޫމާތާއި އެފަދަ ސޮލިއުޝަންތައް މިސިޓީގައި އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނެ ގޮތްތައް އެގިގެން ދާނެއެވެ. އަދި މިސިޓީ ތަރައްގީ ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގައި އެހެން ސިޓީތަކުގެ ތަޖުރިބާ ހޯދާ ދެނެގަތުމަށް ފަސޭހަވެގެން ދާނެއެވެ.

"ސިޓީ ޕޮސިބަލް" ނެޓްވޯކުގެ މެންބަރަކަށް ވުމަށް ފުވައްމުލައް ސިޓީކައުންސިލް އިން މާސްޓާކާޑާއި އެކު އެއްބަސްވުނެއްގައި ސޮއިކޮށްފަވާއިރު އެޗްޑީސީން ސިޓީ ޕޮސިބަލްގެ މެމްބަރަކަށްވުމަށް މާސްޓަރކާޑާއެކު އެމްއޯޔޫއެއްގައި ސޮއިކުރީ މިމަހުގެ 22 ވަނަ ދުވަހުއެވެ.