ސްވީޑެންގެ ޒޫއަކުން ބަކަމޫނެއް ގެއްލިގެން ހޯދާކަމަށް އިއުލާންކޮށްފިއެވެ.

ސްވީޑެންގެ ވެރިރަށް ސްޓޮކްހޯމްގެ ސަކްންސަން ޒޫ އިން ބުނިގޮތުގައި އެ ޒޫއިން 2 އަޅިކުލައިގެ ބަކަމޫނު ފިލާފައިވެއެވެ.

މީގެއިތުރުން "ޕާސީ" އަދި "ބާރ"ގެ ނަމުން ނަންދީފައިވާ މި ދެ ބަކަމޫނު ފިލާފައިވަނީ ދޫނިތައް ބަހައްޓާ ކޮށީގެ ދޮރު ހަލާކުވެފައިން ވަގުތެއްގަ ކަމަށް ވެސް ސްކަންސަން ޒޫއިން ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި "ޕާސީ" ނަމަކަށް ކިޔާ ދޫނި ވަނީ އެ ފެސިލިޓީގެ ތެރެއިން ފެނިފައެވެ. ނަމަވެސް "ބާރ" ނަމަކަށް ކިޔާ ބަކަމޫނު އަދިވެސް ނުފެންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ދޫނި ހޯދުމުގެ މަސައްކަތް އެ ޒޫއިން ދަނީ ކުރަމުންނެވެ.

ސަކްންސަން ޒޫގެ ސްޕޯކްޕާސަން ބުނިގޮތުގައި އެ ދޫނި ދޫވުމުގެ ސަބަބުން ރައްޔިތުންނަކަށް އެއްވެސް ނުރައްކަލެއް ނުވާނެ އެވެ. ސަބަބަކީ އެ ދޫންޏަކީ އަބަދުވެސް އިންސާނުންގެ ތެރޭގައި އުޅެން އާދަވެފައިވާ ދޫންޏަކަށް ވުމާއި، އެއީ ވަރަށް އިންސާނުންނާއި ރައްޓެހި ދޫންޏަކަށް ވުމުގެ ސަބަބުންނެވެ.

އަޅިކުލައިގެ ބަކަމޫނަކީ ނޯރްލޭންޑަށް ނިސްބަތްވާ ދޫނިތަކަކަށް ވާތީ ސްޓޮކްހޯމް އަށް މިހާރު ކުރިމަތިވެފައިވާ ސްނޯ މޫސުމަށް އެ ދޫނިތައް ވަނީ އާދަވެފައެވެ. މިތަފާތު ނަސްލުގެ ދޫނިތަކަކީ ކާނާއާ ނުލައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅެވޭނެ ދޫނިތަކެކެވެ.