ޕްރައިވެޓަރޒޭޝަން އެންޑް ކޯޕަރޭޝަންގެ ބޯޑު ބައްދަލުވުމެއް އެމްޕީއެލްގައި ބާއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކުރި ޓްވީޓެއްގައި ވަނީ މިފަދަ ބައްދަލުވުންތަކުގެ ބޭނުމަކީ ކުންފުންޏާ ގާތުން މަސައްކަތްކޮށް، ކުންފުންޏަށް ކުރިމަތިވާ ގޮންޖެހުންތަކާ ހިރާސްތައް ދެނެގަތުމަށް ކަމަށެވެ.
ޕީސީބީގެ ބޯޑުން ކުންފުނިތަކާ ބައްދަލުކުރުމުގެ މަސައްކަތް ފަށާފަވާއިރު ޕީސީބީގެ ރައީސްގެ މަގާމަށް މީހަކު އައްޔަންކޮށްފައި ވަނީ އެމަގާމު ހުސްވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އެ ބޯޑުގެ ރައީސްކަން ކުރިން ކުރެއްވީ ހަސަން ވަހީދެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ އިސްތިއުފާ ދެއްވީ މިނިވަން މާހައުލެއްގައި މަސައްކަތް ކުރެވޭނެ ފުރުސަތު ނެތް ކަމަށް ވިދާޅުވެއެވެ.
ސަރުކާރު ކުންފުނިތައް ވިލަރެސްކުރާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑުގެ މެމްބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ 5 މެމްބަރަކު އައްޔަންކުރައްވާފައެވެ.
ޕިސީބީ އަކީ 2013 ވަނަ އަހަރު އުފައްދާފައިވާ ބޯޑެކެވެ. ބޯޑު އުފައްދާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުުމުގެ ގާނޫނުގެ ދަށުންނެވެ.