ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲއަށް ހަމަދޭން އުޅުނު މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް އެއްމަސް ދުވަސް ކޯޓުން ޖަހައިފިއެވެ.
މެމްބަރު ނަޝީދަށް ހަމަލާދޭން އުޅުނު މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން މީހަކު ހައްޔަރުކުރީ ހުކުރު ދުވަހުގެ ރޭގައެވެ.
ދިވެހިން ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވިގޮތުގައި އެމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 18 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔާރުކޮށްފައެވެ. އެޒުވާނާ ހައްޔަރުކުރީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މެންބަރު ނަޝީދަށް ހަމަލާދޭން އުޅުނީ މިދިޔަ އަންގާރަ ދުވަހު އޭނާ ގެއިން ނުކުމެގެން ސައިކަލަށް އަރަން އުޅެނިކޮށެވެ.
އޭނާއަކީ މާރާމާރީއާއި ތޫނު ހަތިޔާރާ ގުޅުންހުރި ރެކޯޑު އޮންނަ މީހެއްކަމަށް ކްރިމިނަލް ކޯޓުން އޭނާ ބަންދު ކުރުމަށް ނެރުނު އަމުރުގަވެއެވެ. ޣާޟީ ސޮފްވަތު ޙަބީބު ނެރުއްވި އަމުރުގައި ވަނީ ތުހުމަތު ކުރެވޭ މީހާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް އަންގާފައެވެ. އޭނާގެ މައްޗަށް ފުލުހުން ކޮށްފައިވަނީ މާރާމާރީއާއި ބިރު ދެއްކުމުގެ ކުށުގެ ތުހުމަތެވެ.
މިދިޔަ އަންގާރަ ދުވަހު، އާޓިފިޝަލް ބީޗު ކައިރީގައި މެމްބަރު ނަޝީދުގެ ރަހްމަތްތެރިއެއް ގައިގައިވެސް ތަޅައި މާރާމާރީ ހިންގާފައިވެއެވެ. އެވަގުތު މެމްބަރު ނަޝީދުވެސް އެސަރަހައްދުގައި ހުންނެވިއެވެ. އެކަމަކު، އޭނާއަށް އެއްވެސް އަނިޔާއެއް ލިބިވަޑައިގެންފައި ނުވެއެވެ.
މެންބަރު ނަޝީދަށް ހަމަލާދޭން މީހަކު އުޅުނީ އަންގާރަ ދުވަހު އޭނާ ގެއިން ނުކުމެގެން ސައިކަލަށް އަރަން އުޅެނިކޮށެވެ. ނަމަވެސް، އޭނާއަށް ހަމަލާދޭން އުޅުނީ ކޮން ސަބަބަކާ ކަމެއް ސާފެއް ނުވެއެވެ.
މެމްބަރު ނަޝީދު ފާހަގަކުރެވެނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ކުއްލި މައްސަލަތަކާއި ބިލުތަކަށް ފޯރިއާއެކު ބަހުސްކުރައްވާ، މަޖިލީހުގައި ވަރަށް އެކްޓިވް މެމްބަރެއްގެ ގޮތުގައެވެ.
މެމްބަރުގެ ފާރާތްޕުޅުން ހުށަހަޅުއްވާފައިވާ މިމައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ބަލަމުންނެވެ.
މީސްމީހުންނަށް މަގުމަތިން ފުރައްސާރަކުރުމާއި އިންޒާރުދިނުމުގެ މައްސަލަތައް މިފަހަކަށްއައިސް އަންނަނީ އިތުރުވަމުންނެވެ.