ޤަތަރު ވޯލްޑް ކަޕް | 28 ނޮވެމްބަރު 2022 | ގުރޫޕް ޖީ ގެ 3 ވަނަ މެޗު: ކެމަރޫން އަދި ސާބިއާ
މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގައި ގުރޫޕް ޖީގެ 3 ވަނަ މެޗު، ކެމަރޫން އާއި ސާބިއާ އެއްވަރުވެގެން ނިމި ފުރޫޕް އިތުރަށް ފޯރިގަދަވެއްޖެއެވެ.
ޤަތަރުގެ އަލް ވަކްރާ ނުވަތަ މިހާރުގެ ނަމުންނަމަ އަލް ޖުނޫބް ސްޓޭޑިއަމްގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މިމެޗުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ 29 ވަނަ މިނިޓުގައި ޖިއާން ޗާލްސް ކަސްޓިލޯ ޖެހި ހިތްގައިމު ގޯލަކުން މެޗުގެ ފުރަތަމަ ލީޑު ނެގީ ކެމަރޫންއިންނެވެ.
އެކަމަކު ކުޅިބަލަން ތިބި މީހުން ސިއްސުވާލީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރުވަގުތު ހިނގަމުން ދަނިކޮށް ފަހަތުގައި އޮތް ސާބިއާއިން ގާތްގާތުގައި ދެލަނޑު ޖަހައި މެޗުގެ ލީޑު ނެގީމައެވެ. މިގޮތުން ޖެހި ފުރަތަމަ ލަނޑު ސްޓްރަހިންޖާ ޕަވްލޮވިޗް ކާމިޔާބުކޮށްދިން އިރު، ދެވަނަ ލަނޑަކީ ސާޖެގް މިލިންކޮވިޗްގެ ލަނޑެކެވެ.
ފުރަތަމަ ހާފު ނިމުނީ 2-1 ގެ ނަތީޖާއަކުން ސާބިއާ ކުރީގައޮ އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައި މާ ގިނައިރުތަކެއް ނުވެ ކުރީގައި އޮތް ސާބިއާއިން އިތުރު ލަނޑެއް ޖަހައިދީ ލީޑު ފުޅާކުރިއެވެ. މެޗުގެ 67 ވަނަ މިނިޓާއި ހަމައަށް ކުރީގައި އޮތް ސާބިއާ މޮޅުވިޔަ ނުދީ ހިފަހައްޓާލީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުން ކުޅެންއެރި، ކެމަރޫންގެ ކެޕްޓަން އަބޫބަކޫގެ ބޮޑު ދައުރެއް އޮވެގެންނެވެ.
އޭނާ ވަނީ މެޗުގެ 63 ވަނަ މިނެޓުގައި ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އޭނާ ފަހިކޮށްދިން ފުރުސަތެއްގައި ކެމަރޫންގެ އެރިކް ޗޮޕޫ މޮޓިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
3-3 ގެ ނަތީޖާއަކުން މިމެޗު ނިމިފައިވާއިރު، ގުރޫޕް ޖީގެ ފަހު މެޗުތައް ކުޅޭނީ ޑިސެމްބަރު މަހުގެ 3 ވާ ހޮނިހިރު ދުވަހުއެވެ.