އެއް މިނެޓުގެ ތެރޭގައި 39 ކަރާ ފަޅައިގެން ގިނިސް ވޯލްޑް ރެކޯޑެއް ހަދައިފިއެވެ.

ގިންސް ވޯލްޑް ރެކޯޑުން ބުނީ، ރޮބާޓް ރޮޑްރިގުއޭޒް މިނެޓެއްގެ ތެރޭގައި އެންމެ ގިނަ ކަރާ ފެޅުމުގެ ރެކޯޑް ހަދާފައިވަނީ ހުސްއަތާ ކަމަށެވެ. އަދި މި ރެކޯޑް ހެދީ އިޓަލީގެ ޓީވީ ޝޯއެއް ކަމަށްވާ ލޮ ޝޯ ދެ ރެކޯޑްގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ރެކޯޑް ހަދުމުގެ މަސައްކަތްކުރި އިރު، ކަރާތައް ހިފެހެއްޓުމަށް އެކި ފަހަރު އެކި މީހުން ވަނީ ވޮލެންޓިއާ ކޮށްފައެވެ.

މި ރެކޯޑް ހެދުމުގެ މަސައްކަތް ޔޫޓިއުބްގައި ގިނިސްއިން ހިއްސާކޮށްފައިވާއިރު، ގިނަ ބައެއްގެ ތަރުހީބެއް މި ރެކޯޑަށް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ރެކޯޑާ އެއްގޮތް ގިނަ ރެކޯޑްތަކެއް މީގެ ކުރިންވެސް ވަނީ ހަދާފައެވެ. އެގޮތުން އެއް މިނެޓުގެ ތެރޭގައި އެއްފަހަރާ 78 ކަރާ ފެޅި ރެކޯޑެއް ވެސް މީގެ ކުރިން ހަދާފައިވެއެވެ. މި ރެކޯޑް ތަފާތު ވަނީ މި ރެކޯޑް ހެދީ ހުސް އަތާ ކަމަށް ވާތީއެވެ.