ބްރެޒިލްއަށް ނިސްބަތްވާ ފިރިހެނަކު ފީފާ ވޯލް ކަޕްގެ 11 މުބާރާތް ބަލަން ޒިޔާރަތްކޮށްގެން ގިނިސް ވޯލްޑް ރެކޯޑެއް ހަދައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި، އުމުރުން 75 އަހަރުގެ ޑެނިއަލް ސްބްރޫޒީ އެންމެ ފުރުތަމަ ފަހަރަށް ޒިޔާތަރްކުރި ވޯލްޑް ކަޕް މުބާރާތަކީ 1978 ވަނަ އަހަރު އާޖެންޓީނާގައި ވޯލްޑް ކަޕް ބޭއްވި ފަހަރެވެ.

އަދި މިއަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް މުބާރާތައް ޒިޔާރަތްކުރުމުން އޭނާ ޖުމްލަަކޮށް ޒިޔާރާތްކުރި ވޯލްޑް ކަޕް މުބާރާތްތަކުގެ އަދަދު ވަނީ 11 އަށް އަރާފައެވެ.

ޑެނިއަލް ގިނިސް ވޯލްޑް ރެކޯޑްސްއަށް ދިން އިންޓަވިއުއެއްގައި ބުނީ، ވޯޑް ކަޕްގައި ބައިވެރިވުމަކީ އޭނާގެ ހަޔާތުގެ "ބޮޑު ޕެޝަންތައް ގުޅާލަން" ލިބޭ ފުރުސަތެއް ކަމަށާއި އެއީ ފުޓްބޯޅަ އާއި ދުނިޔޭގެ އެކި ސަގާފަތްތައް ތަޖުރިބާކުރަން ލިބުނު ފުރުސަތެއް ކަމަށެވެ.

މީގެއިތުރުން، މެކްސިކޯ އަދި އެމެރިކާ ގުޅިގެން ބާއްވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބައިވެރިވެ އަމިއްލަ ރެކޯޑް މުގުރާލުމުގެ ވިސްނުން ގެންގުޅޭ ކަމަށްވެސް ޑެނިއަލް ބުނެއެވެ.

ޑެނިއަލް ބުނިގޮތުގައި އޭނާގެ މި ރެކޯޑް މަސައްކަތަކީ ވޯލްޑް ކަޕަށް ސަޕޯޓުކުރާ ފަރާތްތަކުން ތަމްސީލްކޮށްދޭ ކަމެއް ކަމަށާއި، އޭނާ އަކީ ބްރެޒިލްއަށް ނިސްބަތްވާ މީހަކަށް ވުމުގެ ސަބަބުން އެކަމާ ވަރަށް ފަހުރުވެރިވާ ކަމަށެވެ.