އުރީދޫ ކްލަބް ޕްރީމިއަރ ކަސްޓަމަރުންނަށް އާ އަހަރުގެ ހާއްސަ ހަދިޔާއެއްގެ ގޮތުގައި ކޮކޯ ޓްރީސް، މީޓް ސްޓްރީޓް، ސެންޓްރަލް ޕާކް ކެފޭ އަދި ކްރޭޕް ރަނަރ އިން ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ހާއްސަ ޑިސްކައުންޓް އޮފާއެއް ތައާރަފްކޮށްފިއެވެ.

މިހޮވާލެވިފައިވާ އައުޓްލެޓްތަކަށް ޒިޔާރަތްކުރާ ކްލަބް ޕްރިމިއާގެ ހުރިހާ މެންބަރުންނަށް މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް 23 އިންސައްތައިގެ ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.

މިއޮފާއަކީ ކްލަބް ޕްރިމިއާ މެމްބަރުން އުރީދޫ މޯލްޑިވްސްއަށް ޒަމާނުއްސުރެ ކުރާ އިތުބާރާއި ވަފާތެރިކަމުގެ ހާއްސަ ހަދިޔާއެއްގެ ގޮތުގައި 2022 ވަނަ އަހަރު ނިމުމުގެ އުފާ ފާޅުކޮށް، ރައްޓެހިންނާއި އާއިލާއާ އެކު އާ އަހަރަކަށް މަރުހަބާ ކިޔަމުން އަންނަ އިރު އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ދިން އޮފާއެއްކަމަށް އުރީދޫއިން ބުނެއެވެ.

ކްލަބް ޕްރިމިއަރ ޚިދުމަތް އުރީދޫއިން ތައާރަފްކުރީއްސުރެ، މި ޚިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންގެންދާ ކަމަށާއި އެގޮތުން ފަހުގެ އައު ބްރޭންޑްތަކާއި ޕާޓްނާވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދޭކަމަށް އުރީދޫއިން ބުނެއެވެ.

އާއަހަރާއި ދިމާކޮށް އުރީދޫ ކްލަބް ޕްރީމިއަރ ކަސްޓަމަރުންނަށް ޑިސްކައުންޓް ފޯރުކޮށްދޭއިރު ހުޅުމާލޭ ފޭސް 1 ގައި ހުންނަ ސެންޓްރަލް ޕާކް ކެފޭއިން ހޯމް ސްޓައިލްގެ ރަހަ މީރު ތަފާތު ވައްތަރުގެ ކެއުންތައް ހެޔޮ އަގެއްގައި ގެނެސްދެއެވެ. އަދި ހުޅުމާލެ ފޭސް 1 ގައި ހުންނަ މީޓް ސްޓްރީޓަކީ އެކި ވައްތަރުގެ މަހަށް ލޯބިކުރާ އެންމެންނަށް ވެސް ކެއުމުގެ އެންމެ ފުރިހަމަ ތަޖުރިބާ ލިބިގެންދާނެ ރެސްޓޯރަންޓްއެކެވެ. މީޓް ސްޓްރީޓުން އާ އަހަރާ ދިމާކޮށް ތަފާތު ހަތަރު ކަބާބް ސްޕެޝަލްއާއި އެކު ހާއްސަ ކަބާބް ނައިޓެއް ބާއްވަންވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރައްޓެހިންނާއި އާއިލާއާއެކު ބޭރުގައި ވަގުތުކޮޅެއް ހޭދަކުރަން ބޭނުންވާ ކަސްޓަމަރުންނާއި ލުއި ނަމަވެސް ރަހަމީރު ކާއެއްޗެއް ބޭނުންފުޅުނަމަ ބޮޑުތަކުރުފާނުމަގުގައި ހުންނަ ކްރެޕޭ ރަނަރަކީ ދާން ޖެހޭ ތަނެކެވެ. ސްރީލަންކާގެ އުފެއްދުމެއް ކަމައްވާ ކްރެޕޭ ރަނަރ މަޝްހޫރުވެފައި ވަނީ އެންމެ ރަހަ މީރު ތަފާތު ވައްތަރު ގެ ފޮނި އަދި ކުޅި ކްރެޕޭ ތައްޔާރު ކުރާ ތަނެއްގެ ގޮތުގައެވެ. އަދި ކޮކޯ ޓްރީސް އަކީ ދުނިޔޭގެ އެންމެ މަގުބޫލުކަން ހޯދާފައިވާ ޗޮކްލެޓް ބްރޭންޑްތައް ލިބޭ ޗޮކްލެޓަށް ލޯބިކުރާ މީހުންނަށް ހާއްސަ ފިހާރައެކެވެ.

ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ނަދާ ސެލޫން، ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން %20 އާއި ހަމައަށް މިހާރުވެސް ކްލަބް ޕްރިމިއަރ ޑިސްކައުންޓް ލިބެއެވެ.