ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖެއަށް ގެނެސްދެއްވި އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްޤީ، ކުރީގެ ހުރިހާ ވެރިކަންތައް އެއްކުރިޔަސް ފައިހަމަނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިދިޔަ އަހަރުތަކުގައި، ދިމާވި އިޤްތިސާދީ ދަތިތަކާއެކު، ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް، ރާއްޖޭގެ އުތުރުން-ދެކުނަށް ޢުމްރާނީ ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިޔަށް ގެންގޮސް، ރައްޔިތުންނަށް މަންފާކުރަނިވި އެތައް ސިޔާސަތުތަކެއް ރައީސް ޞާލިޙްގެ ޒަޢާމަތުގައި ރާއްޖެއަށް ގެނެސްދީފައިވާ ކަމަށެވެ.

އެގޮތުން މިނިމަމްވޭޖް ކަނޑައަޅައި ސާވިސް ޗާޖް ބޮޑުކޮށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުތަކަކީ ކޮވިޑް-19ގެ ޢާލަމީ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއަށް ދިމާވި ދަތިތަކާއެކުވެސް ރައީސް ޞާލިޙް ގެނެސްދެއްވި އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްޤީކަން ފާހަގަކޮށް އަމީރު ވިދާޅުވީ ރާއްޖެ ދުށް ކުރީގެ ހުރިހާ ވެރިކަންތައް އެއްކުރިޔަސް ރައީސް ގެނެސްދެއްވި ތަރައްގީއަށް ފައިހަމަނުކުރެވޭނެ ކަމަށެވެ.

ރައީސް ޞާލިޙް ރާއްޖެއަށް ގެނެސްދެއްވި އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްޤީ، ކުރީގެ ހުރިހާ ވެރިކަންތައް އެއްކުރިޔަސް ފައިހަމަނުކުރެވޭކަމަށް އަމީރު ވިދާޅުވިއިރު ރާއްޖޭގެ އިޤްތިޞާދު ބާރަށް ކުރިއަރަމުން އަންނަ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނުމާއި ގުޅިގެން އެއީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ގެންގުޅުނު އިގްތިސާދީ ސިޔާސަތުގެ ނަތީޖާ ކަމަށްވެސް އަމީރު ވަނީ ވިދާޅުވެފައެވެ.

އަދި ޖީއެސްޓީ ބޮޑުކުރުމުގައި ސިޔާސީ މަންފާއެއް ނެތް ކަމަށާއި ރައީސް ޞާލިޙް އިސްކުރައްވަނީ ރައްޔިތުންގެ މަންފާ ކަމަށް ވިދާޅުވެ، އާ ރޭޓުގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ނަގަން ފެށުމުން އަމާޒުވި ފާޑުކިޔުންތަކަށްވެސް އަމީރުވަނީ ރައްދުދެއްވާފައެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އިގްތިސާދީ އެންމެ ފަހުގެ ނިންމުން، ޖީއެސްޓީ ބޮޑުކުރުމުގައި ވެސް ސިޔާސީ މަންފާއެއް ނެތް ކަމަށެވެ.