މާލޭގެ ރައްޔިތުންގެ މާ ނޭވާ، ހަމަ ނޭވާއަށްލުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އެމަނިކުފާނުގެ ޕްރައިމެރީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސް ވަނީ، ދިވެހިންނަށް ހައްގުވަނީ ހަމަޖެހިގެން އުޅެވެނެ ގޮތެއްކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރު ރައްޔިތުންނަށް ކޮށްދީފައިވާ ބައެއް ކަންކަން ފާހަގަކުރައްވާފައެވެ.

އަޅުގަނޑުމެމްނަށް ހައްގުވަނީ ހަމަޖެހިގެން އުޅެވެނެ ގޮތެއް، ދުޅަހެޔޮ ސިއްހަތެއް، ފެންވަރު ރަނގަޅު ތައުލީމެއް، ހެޔޮވަރުގެ އާމްދަނީއެއް ލިބޭނެ ވަޒީފާއެއް، ދަރިއަކަށް ހިލޭ ޑިގްރީއެއް، އެސްއެމްއީ ލޯނެއް، ރަމގަޅު ބޯހިޔާވަހިކަމެއް، ހަމަ ހަމަ އުފާވެރި ދިރިއުޅުމެއް. މިއަދުވެސް 16،100 ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުުގެ ފުރުސަތު އާޅުގަނޑުމެންނަށް ދެވިއްޖެ. އަދި 6،500 ދަރިވަރުން ހިލޭ ޑިގްރީ ސްކީމުން ކިޔަވައި ނިމިއްޖެ. ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށިއްޖެ. ތައުލީމީ ދާއިރާގެ 10،000އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެނެވިއްޖެ. 5 ސަރަހަށްދުގައި ސީޓީ ސްކޭންގެ ހިދުމަތް ފެށިއްޖެ. 5 ޓާޝަރ ހޮސްޕިޓަލުގެ މަސައްކަތް ކުރަމުން އެދަނީ. ފަތުރުވެރިކަމުގެ ދާއިރާގެ 13،000އަށްވުރެ ގިނަ މުވައްޒަފުންނަށް މިނިމަމް ވޭޖްގެ ފައިދާ ލިބިއްޖެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް

ރައީސް ވިދާޅުވީ، މުޅި ރާއްޖޭގައި 16،000އަށްވުރެ ގިނަ ރޯ ހައުސްއާއި ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް މިސަރުކާރުން ފަށާފައިވާކަމަށެވެ. ހަމައެނަކި މާލޭގައިވެސް 7،590 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތކުރަމުންދާކަން ފާހާގަކުރައްވާ ރައީސް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ބިން ކަނޑައި އިންވަކިކޮށް، ގޯތި ދޭނީ އެމަނިކުފާނުކަމަށެވެ.

ކުޑަ ޝައްކެއްވިއަސް ނުކުއްރައްވާތި. މާލޭގެ ރައްޔިތުންގެ މާ ނޭވާ ހަމަ ނޭވާއަށް ލުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. އަނެއްކާވެސް ސާފު ބަހުން ދަންނަވާލާނަން. މާލޭގެ ރައްޔިތުންނަށް ބިން ކަނޑައި އިންވަކިކޮށް، ގޯތި ދޭނީ އަޅުގަނޑު. ދައުރެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް ބިންގަލުން ފަށައި، ނިންމާ، ފްލެޓްގެ ތަޅުދަނޑި ދޭނީ އަޅުގަނޑު.
އީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް

ރައީސް ވިދާޅުވީ، ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނަށް ދޭ ވޯޓަކީ، ރާއްޖޭގެ މަސްލަހަތު ހިފޭއްޓުމަށް ދޭ ވޯޓަކަށް ހައްދަވައިދެއްވާނެކަމަށެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކީ، ނުނިމި ހުރި ހުރިހާ މަޝްރޫއުއެއް ނިންމުމަށް އެމްޑީޕީއަށް ލިބޭ ފަހު ފުރުސަތުކަން ރައީސް ފާހަގަކުރެއްވިއެވެ.