ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން 16 ރަށެއްގައި ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
ރިސޯޓް ތަރައްގީކުރަން އިއުލާންކޮށްފައިވަނީ، ހއ، ހދ، ރ، ކ، މ، ފ، ތ، ގއ އަދި ގދ ގެ ބައެއް ރަށްތަކެވެ.
ރިސޯޓް ހަދަން ނިންމާފައިވާ ރަށްތައް:
- ހއ. އަދުއްފަރުފިނޮޅު
- ހއ މެދަފުށި
- ހދ ކުޑަފަރުފަސްގަނޑު
- ރ އެއްތިގިލި އަދި ރ އަލިފުށި ފަޅުން 10 ހެކްޓަރު ހިއްކުން
- ކ ކާށިދޫ ފަޅުގެ ސަރަހަށްދުން ބައެއް
- މ ބޯހުރާ
- ފ ނިލަންދޫ ފަޅުގެ ސަރަހަށްދުން ބައެއް 1
- ފ ނިލަންދޫ ފަޅުގެ ސަރަހަށްދުން ބައެއް 2
- ތ އޮޅުފުށި (އޮޅުފުށި ފިނޮޅާއެކު)
- ތ އޮޅުފުށި ފިނޮޅު
- ގއ ބޭރަމައުއްޑޫ
- ގއ ފުނަދޫވިލިގިއްލާ
- ގދ ހާދުއާ
- ގދ ކަޅެހުއްޓާ
- ގދ ފެރޭތަވިލިނގިލި
- ގދ ދެކާނބާ، ކޮޑެރަޓާ
ޓުއަރިޒަމް މިނިސްޓްރީން ވަނީ، މިރަށްތަކުގައި ރިސޯޓް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން 06 ފެބްރުއަރީގެ 10:00 ގައި އަދި 05 މާރިޗްގެ 10:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ބީލަން ހުށައަޅަން އެދިފައެެވެ.
ހއ، ހދ، ރ، އިން ދޫކުރާ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މާޗް 28 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ. މ، ފ، ތ އިން ދޫކުރާ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 29 މާޗްގެ 10:00 އެވެ. އަދި ގއ، ގދ އިން ދޫކުރާ ރަށްތަކަށް ބީލަން ހުޑައެޅުމުގެ ސުންގަޑިއަކީ 30 މާޗްގެ 10:00 އެވެ.
ފަތުރުވެރިކަން ކުރިއަރުވަން ފަތުރުވެރިކަމާއި ބެހެ ޒުވާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިދިޔަ އަހަރުތެރޭވެސް އަލަށް 5 ރިސޯޓު ހުޅުވާފައިވެއެވެ. އަދި މިއަހަރުތެރޭ އައު 9 ރިސޯޓު ހުޅުވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.