ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ހިންގާ ދިވެހީންގެ ތެރެއިން ކާބޯތަކެތި އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ގަންނަ މީހުންގެ ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
މި ބާޒާރު ކުރިއަށް ދާނީ މާޗް މަހުގެ 1ވަނަ ދުވަހުން ފެށިގެން 2ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 10:00 ން 22:00އަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.
މި ބާޒާރުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިން އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުސަތު ތަނަވަސްކޮށްދިނުން ހިމެނެއެވެ. އަދި މީގެ އިތުރުން އާންމުންނާއި ހަމައަށް ފޯރުކޮށްނުދެވިހުރި އައު ކާބޯތަކެތީގެ ބްރޭންޑްތައް ނުވަތަ އައު ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނެ މާޙައުލެއް ގާއިމްކޮށްދިނުންވެސް މިބާޒާރުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އަދި ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ދިވެހި އުފެއްދުންތެރިންނަށް އެފުރުސަތު ފަހި ކޮށްދި އެފަދަ މާޙައުލެއް އުފެއްދުމަކީވެސް މި ބާޒާރުގެ މަގްސަދެކެވެ.
މިބާޒާރުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 18 ފެބްރުއަރީ 2023ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު ބޭނުން ކުރައްވައިގެން ފޯރމު ހުށަހެޅޭނެއެވެ. މި ބާޒާރުގައި ބައިވެރިވުމުށް އެއްވެސް ފީއެއް ނުނެގޭނެއެވެ. އަދި ސްޓޯލްތައް ހަމަޖެހޭނީ ހަމަކުރަންޖެހޭ ހުރިހާ ތަކެއްޗެއް ހަމަކޮށް ފޯމު ފުރާ ތަރުތީބުންނެވެ.