"ގްރޯ ވިތް އުރީދޫ" މި ޝިއާރުގެ ދަށުން ރާއްޖޭގައި އާންމުކޮށް ހެދޭ ގަސްގަހުގައި އަޅާ ރީތި މާތައް ދައްކުވައިދޭ އުރީދޫ މޯލްޑިވްސްގެ 2023 ވަނަ އަހަރުގެ ޑެސްކް ކަލަންޑަރުން މިއަދު އިފްތިތާހުކޮށްފިއެވެ.

" ގްރޯ ވިތް އުރީދޫ" މި ޝިއާރު މި އަހަރުގެ ކެލެންޑަރަށް ހަމަޖައްސާފައިވަނީ މިއަހަރަކީ، އުރީދޫ އަށް 18 އަހަރު ފުރޭ އަހަރުކަމުންނާއެކުގައިކަމަށް އުރީދޫން ބުނެއެވެ. މިއަދު ލޯންޗުކުރި މި ކަލަންޑަރުގައި ރާއްޖެއިން އާންމުކޮށް ފެންނަ މާމެލާމެލި އީޖާދީ އޮގްމެންޓެޑް ރިއަލިޓީ ޙިދުމަތް މެދުވެރިކޮށް ތަޖުރިބާ ކޮށްލުމުގެ އިތުރުން ކޮންމެ މަހަކަށް ހާއްސަ ކުރެވިފައިވާ މާ ގަހުގެ އޮށާއި ގަސް އިންދުމަށް 12 ގަސް ޕޮޓުވެސް ކަލަންޑަރާއެކު ލިބެއެވެ.

ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ކަލަންޑަރ އިފްތިތާހުކުރެވިގެން ދިޔައީ ވަޑައިގެންތިއްބެވި ބޭފުޅުން ކަލަންޑަރު ލާފައިވާ ފޮށިގަނޑު ހުޅުވާލުމުން އުދުހިގެން ދިޔަ ކޮކާތަކަކުންނެވެ.

ކަލަންޑަރުގައި ކޮންމެ މަހެއްގައި ކުރު ތައާރަފަކާއެކު ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު މަލެއް ދައްކުވައިދެ އެވެ. ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް އެ މަހަކަށް ޙާއްސަކޮށްފައިވާ ސޮފްހާގައި ފެންނަ ސްނެޕްޗެޓް ކޯޑް ސްކޭންކޮށް އެ މަހަކަށް ހާއްސްކޮށްފައިވާ މާ އޮގްމެންޓެޑް ރިއަލިޓީ ތަޖުރިބާ އެއްވެސް ލިއްބައިދެއެވެ. އޭއާރް ފީޗާގެ އިތުރުން ހުރިހާ އުމުރުފުރައަކާ ގުޅުވާލާ، ކޮންމެ މަހަކަށް ޙާއްސަ ކުރެވިފައިވާ މާ ގަހުގެ އޮށާ ގަސް އިންދުމަށް 12 ޕޮޓް ކަލަންޑަރުގައި އެކުލަވައިލައިފައެވެ. ކަލަންޑަރާއެކު ލިބޭ 12 ގަހުގެ އޮށް ހިމަނައިގެން ހަދާފައިވާ ކަރުދާހެއް ވަނީ އެ މަހަކަށް ހާއްސަ ކަލަންޑަރު ސޮފްހާގައި ހިމަނާފައެވެ. މި ކަރުދާހުގައިވާ އޮށް އިންދާނެ ގޮތުގެ ގްރޯ ގައިޑެއްވެސް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ. ކަލަންޑަރު ޕޭޖްގައި ވާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން ގްރޯ ގައިޑް ހުޅުވިގެންދާނެއެވެ.

ކަލަންޑަރު ލޯންޗުކުރުމުގެ އިތުރުން މި ހަފްލާގައި އުރީދޫ މޯލްޑިވްސް އިން ވަނީ "ގްރޯ ވިތް އުރީދޫ" ކެމްޕެއިން އެމްބެސެޑަރަކަށް ރަމްޒީ ހުސައިން، ޒުވާން ދަނޑުވެރިޔާ ވެސް އިއުލާނުކޮށްފައެވެ. ގްރޯ ވިތު އުރީދޫ ކެމްޕެއިންގެ ދަށުން ޒުވާން ދަނށުވެރިޔާ އާއި އެކު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވައިފާވާކަންވެސް އެ ކުންފުނިން ހާމަކުރެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް ކޮމަރޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވީ، 2023 ވަނަ އަހަރުގެ އުރީދޫ ކަލަންޑަރަކީ އޮގްމެންޓަޑް ރިއަލިޓީ އާއި އެކު ރާއްޖޭގައި ހެދޭ ރީތި މާތައް ދައްކުވައިދޭ އީޖާދީ ކަލެންޑަރެއްކަމަށާއި، މި ކެލަންޑަރުން އޮގްމެންޓަޑް ރިއަލިޓީގެ އެހީގައި ރާއްޖޭގައި އާންމުކޮށް ފެންނަ މާތައް ކޮންމެ ތަނެއްގައި ހުރެގެންވެސް ތަސައްވުރު ކޮށްލެވޭނެކަމަށެވެ.

ނިޔާޒް ވިދާޅުވީ، އުރީދޫގެ އުއްމީދަކީ މި ކަލަންޑަރުގެ ސަބަބުން ވީހާވެސް ގިނަ މީހުން އަމިއްލަ އަށް ގަސްގަހާގެހި ހައްދައި، ގުދުރަތުގެ އަގު ވަޒަންކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށްކަން ނިޔާޒް ފާހަގަކުރެއްވިއެވެ. އުރީދޫއާ އެކު މިއަހަރުގެ ކަލަންޑަރުގެ ޝިއާރުގެ ދަށުން - ކެމްޕެއިން އެމްބެސެޑަރެއްގެ ގޮތުގައި ޒުވާން ދަނޑުވެރިޔާ އާއި އެކު މި މެސެޖް އިތުރަށް ކުރިއަށް ގެންދިއުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.