ރާއްޖޭގައި ވައި ނުސާފުވަފައިވާ މިންވަރަށްބަލާ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްޓް ޕްރޮޓެކްޝަންް އޭޖެންސީ (އެޗްޕީއޭ)އިން އެދިއްޖެއެވެ.

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިއްޔެ ވަނީ ބުނެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދޭގޮތުގައި ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް އާއްމުކޮށް އުތުރުން ވައިޖެހެމުންދާއިރު މެދުރާއްޖެތެރެ އާއި އުތުރު އަތޮޅުތަކުގައި ވައި ނުސާފުވެ ލޮލަށް ފެންނަ ދުރުމިން ދަށްވެފައެވެ.

އެހެންކަމުން ވައި ސާފުކަމުގެ މިންވަރު ބެލުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ޓެކްނޮލޮޖީ އިން ވަނީ "އައި ކިއު އެއާ ވިޝުއަލް"ގެ ނަމުގައި އެޕްރިކޭޝަނެއް އަދި ވެބްސައިޓެއް ތައާރަފްކޮށްފައެވެ. މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ވައި ނުސާފު މިންވަރަށް ބަލާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވާއިރު، ވައި ނުސާފު ވަގުތުތަކުގައި ސަމާލުކަން ދޭންވީ ކަންތައްތަކެއް ވެސް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ފުއްޕާމޭގެ ބަލިތަކާއި، ހިތުގެ ބަލި، އެލާޖީ މަސައްލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށާއި، ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކް އެޅުމަށާއި، ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުންނާއި، މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

އަދި ތުއްތުކުދިން ބޭރަށް ނުނެރުމާއި، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން އަދި ބޭރުގައި ކުޅިވަރުކުޅުމާއި، ކަސްރަތު ކުރުން ފަދަ ކަންތައްތަށް މާޑުޖައްސާލުމަށް އެޗްޕީއޭއިން އިރުޝާދުދެއެއެވެ.