އިންޑިއާގެ ކްރިކެޓް ތަރި ވިރާތު ކޯލީ ގަތް ފޯނެއް ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.
ކްރިކެޓްގެ ދުނިޔޭގައި މަގުބޫލް، އިންޑިއާގެ ގައުމީ ކްރިކެޓް ޓީމްގެ ކުރީގެ ކެޕްޓަން ޓްވިޓާގައި ވަނީ މިފަހުން އޭނާއަށް ކުރިމަތިވި މި ހިތާމަވެރި ހާދިސާ ހިއްސާކޮށްފައެވެ. އޭނާ ބުނި ގޮތުގައި ގަތް ފޯނު އަތައް ނާރަނީސް ވަނީ ގެއްލިފައެވެ. އަދި ފޯނު ދުށިންތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ. ވިރާތު ބުނި ގޮތުގައި އާ ފޯނެއް ގެއްލުމުން ލިބޭ ހިތާމައަށް ވުރެ ވަކި ބޮޑު ހިތާމައެއް އޭނާއަށް ކުރިމަތި ނުވެއެވެ.
މިއީ ވަރަށް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ހާއްސަކޮށް އިތުބާރު ނުކުރެވޭ އީކޮމާސް ވެބްސައިޓްތަކުން ފޯނު ފަދަ އަގުބޮޑުތަކެތި ގަނެގެން ގިނަ ބަޔަކަށް ލަނޑު ލިބިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
ވިރާތު ކޯލީއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ބެޓްސްމަންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ކުޅުންތެރިއެކެވެ. ބައިނަލްއަގްވާމީ ކްރިކެޓުގައި 20،000އަށް ވުރެ ގިނަ ލަނޑު ކާމިޔާބުކުރި އިރު، ގިނަ ބެޓިން ރެކޯޑްތަކެއް އޭނާ ވަނީ ހަދާފައެވެ. އޭނާއަކީ އިންޑިއާ ޕްރިމިއާ ލީގުގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރުގެ ކެޕްޓަންވެސް މެއެވެ.
އޭނާއަށް ވަނީ ޕަދްމާ ޝްރީ އެވޯޑް، އަރްޖުނާ އެވޯޑް، އަދި ރާޖީވް ގާންދީ ކެލް ރަތުނާ ފަދަ ގިނަ އެވޯޑްތަކެއް ލިބިފައެވެ.