އަވަށްޓެރި އިންޑިއާ އާއި ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ހުށަހެޅުންތަކާއެކު ފޯރިގަދަ ޝޯވއެއް އއ. ތޮއްޑޫގައި ބާއްވައިފިއެވެ.
މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ ތޮއްޑޫގައި ބޭއްވި މިޝޯވ އިންތިޒާމްކުރީ ފްރެންޑްޝިޕް އެސޯސިއޭޝަން ފޯރ އިންޑިއާ މޯލްޑިވްސް، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން، އިންޑިއާ ކަލްޗަރަލް ސެންޓަރ އަދި ތޮއްޑޫ ކައުންސިލް ގުޅިގެންނެވެ. ފްރެންޑްޝިޕް އެސޯސިއޭޝަން ފޯރ އިންޑިއާ މޯލްޑިވްސް،އިން ވަނީ މީގެކުރިން ވެސް މިފަދަ ޝޯވތައް ބާއްވާފައެވެ.
މިޝޯވ ބޭއްވުމުގެ މަގުސަދަކީ އިންޑިއާ އާއި ރާއްޖޭގެ ސަޤާފަތް ޕްރޮމޯޓްކުރުމާއި ފަންނުވެރިންނަށް މިފަދަ ޝޯވތަކުގައި ޕާފޯމްކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. މިޝޯވއަށް އެރަށަށް ދިޔަ ފަންނާނުންގެ ޓީމަށް ތޮއްޑޫ ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މިޝޯވގައި މަޝްހޫރި ބިދަބިން ބޮޑުބެރި ގުރޫޕްގެ ހިތްގައިމު ހުށަހެޅުންތަކާއި ފްރެންޑްޝިޕް އެސޯސިއޭޝަން ފޯރ އިންޑިއާ މޯލްޑިވްސްގެ މެމްބަރުންގެ ތަފާތު ހުށަހެޅުންތަކާއި ޖާދޫގަރު ޝަރީފްގެ ޖާދޫ ހުށަހެޅުން އޮތެވެ. އަދި އިންޑިއާގެ އަނިރުދް ވަރްމާ ބޭންޑުގެ ހުށަހެޅުންތަކެއްވެސް މިޝޯވގައި އޮތެވެ.
އެރަށުގައި ތިބި ފަތުރުވެރިން ހިމެނޭހެން، ގިނަ އަދަދެއްގެ ބަޔަކު ބަލަން ދިޔަ، މިޝޯވ ބާއްވާފައި ވަނީ ތޮއްޑޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލްގައެވެ. މިޝޯވގެ ޕާޓުނަރުންނާއި އެހީތެރިވި އެންމެހާ ފަރާތްތަކަށް ފްރެންޑްޝިޕް އެސޯސިއޭޝަން ފޯރ އިންޑިއާ މޯލްޑިވްސްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ފްރެންޑްޝިޕް އެސޯސިއޭޝަން ފޯރ އިންޑިއާ މޯލްޑިވްސްއަކީ ރާއްޖެ އާއި އިންޑިއާގެ ސަޤާފަތްތައް ދިރުވައި އާލާކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ.
ފެއިމް އަކީ ވަރަށް ގިނަހަރަކާތަކެއް ޙިންގާ އެކްޓިވް ޖަމްއިއްޔާއެއްް. ޢެހެން ޖަމްއިއްޔާތައްވެސް އެކިގައުމުތަކާ ގުޅިން ހަރަކާތްތައް ހިންގާނަމަ ރައްޔިތުންނަށް އުފާވެރިކަން ލިބޭނެދޯ. ސާބަސް ފެއިމް ތިކުރާ މަސައްކަތައް