މާލޭ ސިޓީގެ ހުޅުމާލެ އަވަށުގައި ހިނގި އެކްސިޑެންޓެއް ހަމަ ލޮލުން ދުށް ބަޔަކު ހޯދަން ބޭނުންވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޚަބަރުތަކާއި މައުލޫމާތުތައް ގެނެސްދޭ "ޕޮލިސް ލައިފް"ގައި އެޚިދުމަތުގެ އިދާރާއިން ބުނެފައިވަނީ، މިމަހުގެ 14ވަނަ ދުވަހުގެ ހެނދުނު 8:25 އެހައިކަންހާއިރު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހައިވަކަރު މަގާއި ސައިމާ ހިނގުން ގުޅޭ ކަންމަތީ ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. ފުލުހުންގެ އިދާރާއިން ބުނީ މިއެކްސިޑެންޓުގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް ބަޔަކުވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.
ހުޅުމާލޭގައި ހިނގި މިއެކްސިޑެންޓުގެ މަންޒަރު ދުށް ނުވަތަ އެ އެކްސިޑެންޓާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9980062އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުންގެ އިދާރާއިންވަނީ އެދިފައެވެ.
ތަހުގީގުގެ ބޭނުމަށް މީގެ ކުރިންވެސް ފުލުހުންގެ މިފަދަ ކަންކަމުގައި މިގޮތަށް އާންމުކޮށް އިއުލާންކުރެއެވެ.
މާލޭ ސަރަހައްދުތަކުގައި ހިނގާ އެކްސިޑެންތަކާއި ވައްކަމާއި މާރާމާރީގެ މައްސަލަތައް ފަދަ ކަންކަން ބަލައި ތަހުގީގުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ފުލުހުންނަށް ކުރިމަތިވެއެވެ.
މިގޮތުން މާލޭ ސަރަހައްދުގައި އެކަށީގެންވާ ވަރަށް ސްޓްރީޓް ސީސީޓީވީ ކެެމެރާ ނެތުމަކީ އެއް ގޮންޖެހުމެވެ.