މިއުޒިކަށް ޝައުގުވެރިވާ ފަރާތްތަކަށް މިއުޒިކަލް އައިޑޮލްގެ ޓިކެޓް އުރީދޫ މޯލްޑިވްސް އީކޮމާސް ޕްލެޓްފޯމް މޫލީ އިން ފަސޭހަކަމާއިއެކު ލިބޭނެ އިންތިޒާމުތައް އުރީދޫން ފަހިކޮށްދީފިއެވެ.

މިއުޒިކަލް އައިޑަލްއަކީ 3 މާޗް 2023 ގައި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ދިވެހި އަދި އިންޑިއާގެ ހުނަރުވެރި ލަވަކިޔުންތެރިންނާއެކު ބާއްވާ މިއުޒިކް ޝޯއެކެވެ. މިޝޯގައި އިންޑިއަން އައިޑޮލް ސީޒަން ތިނަކުން އެއްވަނަ ހޯދައިފައިވާ ޕަވަންދީޕް އާއި ރަނަރަޕް އަރޫނީތާ ގެ ހުނަރުތައް ފެނިގެންދާނެއެވެ. މީގެ އިތުރުން މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ރަނަރަޕް ޝަލަބީ އާއި ގިނަ ބައެއްގެ ލޯބި ލިބިފައިވާ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ރާފިޔަތު ވެސް މިޝޯގައި ލަވަ ހުށައަޅައިދޭނެއެވެ.

މިއުޒިކަލް އައިޑޮލްގެ ޓިކެޓުގެ އަގުތަކަކީ:

  • ރެގިއުލަރ ކްލާސް 80 ރުފިޔާ
  • ފަރސްޓ ކްލާސް 150 ރުފިޔާ
  • ސިލްވާ ކްލާސް 500 ރުފިޔާ

މޫލީއިން ޓިކެޓް ގަތުމުން މާލެ އާއި ހުޅުމާލޭގައި ހުންނަ ކްލަބް ޕްރިމިއާ ލައުންޖާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ޓިކެޓް ނެގޭނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.

އަދި ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މި ޕްލެޓްފޯމްގެ ލުއިފަސޭހަކަމާއި މަންފާ ލިބިގަތުމަށް މޫލީ އިން މަރުހަބާ ކިޔާކަމަށްވެސް އުރީދޫން ހާމަކުރެއެވެ.