އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގޭގެ ޚާރިޖީ ކޮމިޓީއިން އެގައުމުގެ ރައީސްއަށް ޓިކްޓޮކް ބޭންކުރުމުގެ ބާރުދިނުމުގެ ބިލު ފާސްކޮށްފިއެވެ.

އެމެރިކާގެ 100 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ ބައިޓްޑާންސްގެ އެޕް ޓިކްޓޮކްގެ އިތުރުން ސެކިއުރިޓީ ރިސްކްތަކެއް ކަމަށް ބެލެވޭ އެހެން އެޕްތައް މަނާކުރުމުގެ އާ ބާރުތައް ރައީސްއަށް ދިނުމަށް ފާސްކުރީ މެމްބަރުން 24 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މިކަމާ ދެކޮޅަށް ވޯޓު ދީފައިވަނީ 16 މެމްބަރުންނެވެ.

ބިލް ހުށަހަޅުއްވަމުން ކޮމިޓީގެ ޗެއާ މައިކަލް މެކްކޯލް ވިދާޅުވި ވިދާޅުވީ ޓިކްޓޮކަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށާއި މިއީ ފިޔަވަޅު އަޅަންވީ ވަގުތު ކަމަށެވެ.

ދަށުގެއިން މިގޮތަށް ފާސްވިއިރު، ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ބޭނުންކުރާ ރަސްމީ ޑިވައިސްތަކުން ޓިކްޓޮކް ބޭނުންނުކުރެވޭ ގޮތް ހެދުމަށް 30 ދުވަހުގެ މުހުލަތެއްވަނީ ދީފައެވެ.

އެމެރިކާގެ 30 އަށް ވުރެ ގިނަ ސްޓޭޓާއި ކެނެޑާ މުއައްސަސާތަކުންވެސް ވަނީ ދައުލަތުގެ ޑިވައިސްތަކުން ޓިކްޓޮކް ބޭނުންކުރުން މަނާކޮށް އެކަން މުވައްޒަފުންނަށް އަންގާފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުންވަނީ ޓިކްޓޮކް ބޭންކޮށްފައެވެ. އެގޮތުން، އިންޑިއާ، ޓައިވާން، ކެނެޑާ، އީޔޫ، ޕާކިސްތާންއަދި އަފްޣާނިސްތާން ފަދަ ގައުމުތަކުންވަނީ ޓިކްޓޮކް ބޭންކޮށްފައެވެ.