މަވެސް، މަންމަވެސް އުރީދޫ ކެމްޕެއިނާއެކު، ރާއްޖޭގައި ހިންގާ ކުންފުނިތަކުގެތެރެއިން އިދާރީ ހިންގުން ހަރުދަނާ ކަމާއިއެކު ކުރިއަރަމުންދާކަމުގެ ނަމޫނާއާއި އެކު، އުރީދޫ މޯލްޑްވިސްގެ އަހަރީ ޢާންމު ޖަލްސާ ނިންމައިލައިފިއެވެ.
ބުދަ ދުވަހުގެރޭ ކްރޮސް ރޯޑްސްގައި ބޭއްވި އުރީދޫ އަހަރީ ޢާންމު ޖަލްސާގައި އުރީދޫއިންވަނީ ޚިދުމަތުގެ އާ ކެމްޕޭނެއްވެސް ތަޢާރަފް ކޮށްފައެވެ. އެގޮތުން މަވެސް އުރީދޫގެ ނަމުގައި މުޅީން ލަވައަކާއި އެކު މި ކެމްޕޭން ވަނީ ތަޢާރަފް ކޮށްފައެވެ.
އުރީދޫގެ ޗެއަރޕާރސަން ސުލްޠާނާ ފާޠިމާ އަލްކުވާރީ ރިޔާސަތު ބެލެހެއްޓެވި ޢާންމު ޖަލްސާގައި މިޒަމާނުގެ ޑިޖިޓަލް މުވާޞަލާތުގެ ޚިދުމަތްތައް އުރީދޫއިން ދެމުން ގެންދާގޮތުގެ މައްޗަށް ވަނީ އަލިއަޅުއްވައިލައްވައިފައެވެ.
އަދި މިހާރު ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެގޮތުން އިތުރު ވަސީލަތްތައް ޒަމާނީ ކޮށްފައިވާކަންވެސް ވަނީ އިޢުލާންކޮށްފައެވެ.
މި ޖަލްސާގައި އުރީދޫގެ ޗެއަރޕާރސަންގެ އިތުރުން ސީއީއޯ ޚާލިދު ޙަސަން އެމްއޭ އަލް ނަމާދީއާއި އެހެނިހެން ބޯޑް ޑިރެކްޓަރުންގެ އިތުރުން އެހެނިހެން ޙިއްޞާދާރުންވެސް ބައިވެރިވެ ވަޑައިގަތެވެ.
އަދި އޮންލައިންކޮށް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އިރު ޖަލްސާ ކުރިއަށްދިޔަ މާލަމަށްވެސް ވަރަށް ގިނަ ޙިއްސާދާރުން ޙާޒިރުވެވަޑައިގަތެވެ.
މި ޖަލްސާގައި 2022 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތަކާއި 2022 ވަނަ އަހަރުގެ އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން އޮތެވެ. އަދި ކުންފުނީގެ އޮޑިޓަރަުންގެ ރިޕޯޓު ފާސްކޮށް 2023 ވަނަ އަހަރަށް އޮޑިޓަރުން ޢައްޔަންކޮށް އޮޑިޓަރުންގެ އުޖޫރަވެސް ވަނީ ކަނޑައަޅައިފައެވެ.
2022 ވަނަ އަހަރު އުރީދޫއަށް ލިބުނު ފައިދާއިން ޙިއްސާދާރުންނަށް ފައިސާ ބެހުމަށްޓަކައި ޙިއްސާއަކަށް ޖެހޭ މިންވަރުވެސް ވަނީ ފާސްކޮށްފައެވެ.
އެތައް މިލިއަން ޙިއްސާއެއް ޢާންމުންގެ އަތްމަތީގައިވާ އުރީދޫއިން ޙިއްސާއަކަށް 2022 ވަނަ އަހަރު ލިބުނު ފައިދާއިން ކަނޑައަޅައިފައިވަނީ 3 ރުފިޔާ 4 ލާރިއެވެ.
ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހާއި ގުޅުވައި ރާއްޖޭގެ މުވާޞަލާތީ ޚިދުމަތް އެންމެ ޢާންމު އާދައިގެމީހާގެ އަތްމައްޗަށްވެސް ފޯރާފަށަށް ގެނެސްދިން އުރީދޫއިން މިހާރުވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އެންމެ ހަލުވި ސްޕީޑްގައި މުވާޞަލާތުގެ ޚިދުމަތް ދިނުމަށް އަމާޒު ހިފައިފައެވެ.
އެގޮތުން ޕީސް ކޭބަލްގެ ޒަރީޢާއިން ރާއްޖޭގެ ރަށްތަކަށް އިންޓަރނެޓުގެ ޚިދުމަތް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމާއި. މާލެ ސަރަޙައްދުގައި 5 ޖީ އެއަރ ފައިބަރ ތަޢާރަފްކޮށް އެތައް ކުރިއެރުންތަކެއް ރާއްޖޭގެ ޑިޖިޓަލް ޚިދުމަތްތަކަސް ގެނެސްދީފައިވެއެވެ.
މީގެ އިތުރުން އުރީދޫގެ ކަލަރަން. ފަން ރަންއަށް ބަދަލުކޮށް އިޖުތިމާޢީ ޒިންމާގެ ފައިދާ ކުޑަކުދީންނާއި ބޮޑެތި މީހުން ހިމެނޭގޮތަށް ކަށަވަރުކޮށްދިނުމުގެ ގޮތުން އެކިއެކި ޙަރަކާތްތައް ވަނީ ހިންގައިފައެވެ.
އުރީދޫގެ އަހަރީ ޢާންމު ޖަލްސާ ނިންމައިލުމުގެ ކުރީން ޙިއްސާދާރުންގެ ޚިޔާލު ހޯދުމާއި މަޝްވަރާގެ ވަގުތުކޮޅެއް ކުރިއަށް ގެންދެވުނެވެ.