މިއަހަރުގެ ރޯދަމަހަށް ބޭނުންވާ ތަކެތިވެސް، ވިލާ ޓްރޭޑިންގެ ހޯލްސޭލް ސެންޓަރުން ލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ވިލާ ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑަކީ 13 ޖެނުއަރީ 2021 ގައި ޖެނެރަލް ޓްރޭޑިންގް ކުންފުންޏެއްގެ ގޮތުގައި ވިލާ ގްރޫޕުގެ ދަށުން އުފެއްދި ކުންފުންޏެކެވެ. ވިލާ ޓްރޭޑިންގެ އަމާޒަކީ ރާއްޖެއިން ބޭރުގެ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅު އަގެއްގައި ރައްޔިރުންނަށް ފޯރުކޮށްދިނުމެވެ. ވިލާ ޓްރޭޑިންގް ފެށިގެން އައީ ރީޓެއިލް ދާއިރާގެ ވިޔަފާރިންނެވެ.
ނަމަވެސް 2021 ގެ ސެޕްޓެމްބަރ މަހުން ފެށިގެން ހޯލްސޭލް ދާއިރާގައިވެސް ވިލާ ޓްރޭޑިންގް ދަނީ ހަރަކާތްތެރިވަމުންނެވެ. ހޯލްސޭލް ދާއިރާގައި ވިލާ ޓްރޭޑިންގުން މައިގަނޑު ގޮތެއްގައި ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭއަށް ހިދުމަތް ފޯރުކޮށްދެއެވެ. އަދި މީގެ ތެރޭގައި ރިސޯޓުތަކާއި ބޭކަރީވެސް ހިމެނެއެވެ.
ވިލާ ޓްރޭޑިންއިން ހޯލްސޭލްކޮށް މިވަގުތު ވިއްކާ ޑިސްޓްރިބިއުޓާ ބްރޭންޑްސްގެ ތެރޭގައި، ތަމީމް ބްރޭންޑުގެ (ސެލާރ 2111 ގްރޭޑިންގެ ބާސްމަތީ ހަނޑޫ)، ޕްލެއިން ސޮލެއިލް، ބޮބްސް ރެޑްމިލް، އަލްމަރާއި، ފެނަރ، ޓޯނީސް، އޮޓިމާ އަދި ހޮޓްޕެކް ހިމެނެއެވެ. މީގެ އިތުރުން ވިލާ ޓްރޭޑިންގުން ހޯލްސޭލްކޮށް ވިއްކާ އާންމު ތަކެތީގެ ތެރޭގައި އޮރެންޖު، ގަނޑުކުރި ކުކުޅު، ވެޖިޓަބަލް އޮއިލް 18 ލީޓަރ (ކައްކަން ބޭނުންކުރާ ތެޔޮ)، ބްރެޒިލް އިން އިމްޕޯޓުކޮށްފައިވާ ގެރިމަސް ހިމެނެއެވެ.
މީގެ ތެރެއިން، އަލްމަރާއި ބްރޭންޑަކީ 2021 ގައި މެދުއިރުމަތީގެ ޔޫގޮވް އެފް.އެމް.ސީ.ޖީ / ސީ.ޕީ.ޖީ ވަނަތަކުން އެއްވަނަ ހާސިލްކޮށްފައިވާ ބްރޭންޑެކެވެ. އަދި މިއީ މެދު އިރުމަތީގައި އެންމެ ފުޅާ ދާއިރާއެއްގައި ޑެއިރީގެ އުފެއްދުންތައް އުފައްދާ އެއް ކުންފުންޏެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަ ޑެއިރީ ދަނޑާއެކު ހަރަކާތްތެރިވާ އަލްމަރާއިއަކީ މިވަގުތު މާކެޓުގައި އެންމެ ކޮލިޓީ އެއް ޑެއިރީ ތަކެތި އުފައްދާ ކުންފުންޏެވެ. އެގޮތުން އެންމެ މަޤުބޫލު އުފެއްދުންތަކުގެ ތެރޭގައި ޗީސްގެ ވައްތަރުތައް، ގެރިކިރު، ތާޒާ މޭވާ ޖޫސް ޕެކެޓުތަކާއި ބަޓަރގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ. އަލްމަރާއިއިން އުފައްދާ ކިރުގެ ވައްތަރުތަކުގެ ތެރޭގައި ފްލޭވާޑް ކިރު، ފެޓް ފްރީ ކިރު، ފުލް ކްރީމް ކިރު އަދި ލެކްޓޯސް ނުހުންނަ ކިރުވެސް ހިމެނެއެވެ. އަލްމަރާއި އިން އުފައްދާ ކިރުގެ ބާވަތްތަކަކީ ޔޫ.އެޗް.ޓީ ބޭނުންކޮށްގެން އުފައްދާ ތަކެއްޗެވެ. "އަލްޓްރާ ހައި ޓްރީޓްމެންޓް" ނުވަތަ ކުރުކޮށް ބުނާނަމަ ޔޫ.އެޗް.ޓީ އަކީ އެންމެ ދަށްވެގެން C135 އަށް ރޯ ކިރު ހޫނުކޮށް، އެވަރުގައި ހިނދުކޮޅަކު ބެހެއްޓުމަށްފަހު އަނބުރާ އާދައިގެ ފިނިމިށް ގެނައުމެވެ. ނަތީޖާއަކީ ރޯ ކިރުގައި ހުންނަ ޖަރާސީމު ނެތިގޮސް ގިނަ ދުވަހު ކިރު ހަލާކުނުވެ ހުރުމެވެ.
ބޮބްސް ރެޑް މިލްއަކީ އާދައިގެ ފުށުން ފެށިގެންގޮސް އޯގާނިކް އަދި ގްލޫޓެން ފްރީ ފުށުގެ ބާވަތްތައް އުފައްދާ ކުންފުންޏެކެވެ. މިއީ އެމެރިކާގައި އެންމެ ފުޅާ ދާއިރާގައި "ހޯލް ގްރެއިން" ކަބޯތަކެދި އުފައްދާ އެއް ކުންފުންޏެވެ. މައިގަނޑު ގޮތެއްގައި ބޮބްސް ރެޑް މިލްގެ އުފެއްދުންތައް ސަޕްލައި ކުރަނީ އެމެރިކާ، ކެނަޑާ އަދި ކެރިބިއަންގެ ރައްތަކަށެވެ. ބޮބްސް ރެޑްމިލްއިން ފުށް އުފައްދަނީ ޒަމާނުއްސުރެ ބޭނުންކޮށްއުޅޭ ކުއާޓްޒް މިލްސްޓޯންތައް ބޭނުންކޮށްގެނެވެ. މިގޮތަށް އުފެއްދުމުގެ ސަބަބުން ގޮދަނުގައި ހުންނަ އެންމެ ފައިދާހުރި ބައިތައް ނުގެއްލި ހުރެއެވެ. 400 އަށްވުރެ ގިނަ ވައްތަރުގެ އުފެއްދުންތައް ބޮބްސް ރެޑް މިލްއިން އުފައްދާއިރު ވިލާ ޓްރޭޑިންގުން ހޯލްސޭލްކޮށް ލިބެން ހުންނާނެ ތަކެތީގެ ތެރޭގައި ސީރިއަލް، އެކި ވައްތަރުގެ އޯޓްމީލް ޕެކެޓު، އާދައިގެ ފުށް، އަދި ގްލޫޓެން ފްރީ ފުށްވެސް ލިބެން ހުންނާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ވިލާ ޓްރޭޑިންގުން ވީގަން ބާވަތްތައްވެސް އެތެރެކޮށް ވިއްކަން ފަށާނެއެވެ.
ފެނަރ ކުންފުޏަކީ އާއިލީ ކުންފުންޏެއްގެ ގޮތުގައި މީގެ 160 އަހަރު ކުރިން ފެށިގެން އައި ކުންފުންޏެކެވެ. ފެނަރ ކުންފުނި އެހާ ޒަމާން ވަންދެން ހިނގުމުގެ ސިއްރަކީ އެ ކުންފުނީގެ އުފެއްދުންތައް ތައްޔާރުކުރުމުގައި ގެންގުޅޭ މިންގަނޑުތަކާއި، ކޮލިޓީ އަދި ތަފާތު ވައްތަރުތައް ލިބެން ހުރުމެވެ. މިއީ ޔޫރަޕުގައި އެންމެ ގިނަ ވައްތަރުގެ ޖޫސް، ނެކްޓާރ އަދި އައިސް ޓީ ތައްޔާރުކޮށްފައި ވިއްކާ ކުންފުންޏެވެ. މީގެ ތެރޭގައި ލޯކަލްކޮށް ހޯދާ ތަފާތު ވައްތަރުގެ މޭވާ ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ފޮނި ޖޫސް، ހުތް ޖޫހާއި ނެކްޓަރ ލިބެން ހުރެއެވެ. ފޭނަރގެ އައިސް ޓީއަކީ ތާޒާ ސައި ފަތް ބޭނުންކޮށްގެން ގިނަ ވަގުތު ކައްކާފައި ހުރުމުގެ ސަބަބުން ސައިފަތުގައި ހުންނަ ފުން ރަހަ ވަރަށް ފުރިހަމަޔަށް ލާ ސަޔެކެވެ. މިހުރިހާ އުފެއްދުމެއްވެސް ހޯލްސޭލްކޮށް ލިބެންހުންނާނެއެވެ.
ޓޯނީސް ޗޮކޮލޯނީއަކީ 2005 ގައި ނެދަލެންޑްސްއިން އުފެދިގެން އައި ކުންފުންޏެކެވެ. ޓޯނީސްގެ އަމާޒަކަށްވީ ޗޮކުލެޓު ހަދަން ބޭނުންކުރާ ކޮކޯ ތަފާތު ގޮތަކަށް ހޯދުމެވެ. އެގޮތުން ކޮކޯ ބީންސްއިން ފެށިގެންގޮސް ޗޮކުލެޓާއި ހަމަޔަށް ހުރިހާ އެއްޗެއްވެސް އަމިއްލަ ބެލުމުގެ ދަށުން ތައްޔާރުކުރާ މަދު ކުންފުނިތަކުގެ ތެރޭގައި ޓޯނީސް ޗޮކޮލޯނީ ހިމެނެއެވެ. އަދި މީގެ އިތުރުން ޓޯނީސް އަކީ ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން އެފްރިކާގެ ކޮކޯ ދަނޑުވެރިންގެ އަތުން އާންމުކޮށް ކޮކޯ ގަންނަ ވަރަށްވުރެ ބޮޑު އަގެއް ދީގެން ކޮކޯ ގަންނަ ކުންފުންޏެކެވެ. މިއީ ޓޯނީސް އިން އެފްރިކާގައި ހިންގަމުން އަންނަ މަސައްކަތްތެރިންގެ އަޅުވެތިކަމާއި ބޭއިންސާފާއި ދެކޮޅަށް އެޅި ފިޔަވަޅެކެވެ.
1999ވަނަ އަހަރު އުފެދިގެން އައި ޕްލެއިން ސޮލެއިލް ބްރޭންޑަކީ ލެބަނޮންގައި ވަރަށް އަވަހަށް މަޟްހޫރުވެގެން އައި ކާބޯތަކެތި އުފައްދާ ކުންފުންޏެކެވެ. މިއީ ގަނޑުކުރި ތަރުކާރިން ފެށިގެންކޮސް އެޕެޓައިޒާސް، ދަޅުކުރި ކާނާ، އެކި ވައްތަރުގެ ސޯސް، ކައްކާ ތެޔޮ އަދި ތަފާތު ވައްތަރުގެ ޑެއިރީ ކާނާ ތައްޔާރުކުރާ ކުންފުންޏެކެވެ. ތާޒާކަން ދެމިހުންނާނެ ގޮތްގޮތަށް ތައްޔާރުކޮށްފައި ހުރުމުގެ ސަބަބުން ޕްލެއިން ސޮލެއިލްގެ އުފެއްދުންތަކަކީ ގިނަ ބަޔަކަށް ކަމުދާ އުފެއްދުންތަކެކެވެ. ޕްލެއިން ސޮލެއިލް އަކީ މިވަގުތު ދުނިޔޭގެ 8 ގައުމުމެއްގައި ހިނގަމުން އަންނަ މަޤްބޫލު ކުންފުންޏެކެވެ.
އޮޓިމާއަކީ މައިގަނޑު ގޮތެއްގައި ޕާސްތާގެ ވައްތަރުތައް އުފައްދާ ބްރޭންޑެކެވެ. އެގޮތުން އެކި ސައިޒުތަކުގެ އެކި ވައްތަރުގެ ޕާސްތާ މި ކުންފުނިން އުފައްދާއިރު މީގެން ކޮންމެ ވައްތަރެއްވެސް ތަފާތުކޮށް ހެދޭނެއެވެ. އޮޓިމާ ޕާސްތާއަކީ އިޓަލީގައި ޒަމާނުއްސުރެ ތައްޔާކުރަމުން އަންނަ ޕާސްތާ ބްރޭންޑެކެވެ. އެހެންކަމުން މި ބްރޭންޑަކީ ކަސްޓަމަރުންގެ ތެރޭގައި އިތުބާރުހުރި، ކޮލިޓީ ބްރޭންޑެކެވެ.
ވިލާ ޓްރޭޑިންގައި ލިބެންހުންނަ ހަނޑޫ ބްރޭންޑެއް ކަމަށްވާ ތަމީމް ބްރޭންޑުގެ ހަނޑުލަކީ 1121 ގްރޭޑިންގެ މޮޅު ހަނޑުލެވެ. ދިގުކޮށް ހިމަކޮށް ހުންނަ މި ހަނޑުލަކީ އެހެން ހަނޑުލަށްވުރެ އަވަހަށް ކެކޭ ހަނޑުލަކަށްވުމުން، ކެފޭ/ރެސްޓޯރެންޓުތަކުގައި ބޭނުންކުރަން ގިނަ ބަޔަކު މި ވައްތަރުގެ ހަނޑޫ އިޙްތިޔާރުކުރެއެވެ. އަދި ބިރިޔާނީ ފަދަ ބަތް ބޭނުންކޮށްގެން ތައްޔާރުކުރާ ގިނަ ކެއުންތަކުގައިވެސް ބޭނުންކޮށް އުޅޭނީ މިވައްތަރުގެ ހަނޑުލެވެ.
ހޮޓްޕެކްއަކީ ބޭނުންކޮށްފައި އެއްލާލެވޭ ތަށި ނުވަތަ ޑިސްޕޯސެބަލް ތަށި، ފެން ބޯ ތަށި، ކާއެއްޗެހި ބަންދުކުރާ ޕްލާސްޓިކް ކޮތަޅު، ކައްކަން ބޭނުންކުރާ ޓްރޭ، އެތެރެ ފެން ކޮންޓެއިނަރ، ހޮޅި، މައިކްރޮވޭވް ކުރެވޭ ވައްތަރުގެ ކޮންޓެއިނަރ، ރެޕިންގް ސެލޯފިން، ބޭކު ކުރަން ބޭނުންކުރާ ތަކެތި، ފޯމް، އެލުމިނިއަމް އަދި ކަރުދާސް އުފެއްދުންތަކުން ގޮސް ޓިޝޫވެސް އުފައްދާ ކުންފުންޏެކެވެ. ކުޑަކުދިންގެ ޕާޓީތަކަށް ނުވަތަ ކުދިކުދި ޙަފްލާތަކަށް ބޭނުންވާ ގިނަ ސާމާނު ވިލާ ޓްރޭޑިންގުން ހޯލްސޭލްކޮށް ލިބެން ހުންނާނެއެވެ.
ވިލާ ޓްރޭޑީންގުން ވަނީ ދާދި ފަހުން ހޯލްސޭލް އައުޓްލެޓެއް "ވިލާ ޓްރޭޑިންގް ހޯލްސޭލް" ގެ ނަމުގައި އިބްރާހިމް ހަސަން ދީދީ މަގުގައި ހުންނަ ވިލާ ބިލްޑިންގުގައި ހުޅުވާފައިއެވެ. މި ފިހާރައައިން ވިލާ ޓްރޭޑިންގުން އެތެރެކޮށް ވިއްކާ ހުރިހާ ބްރޭންޑެއްގެ ތަކެތި ލިބެން ހުންނާނެއެވެ. އަދި ކުރިއެކޭވެސް އެއްފަދައިން މާލެ، ހުޅުމާލެ އަދި ދޯނިފަހަރުތަކަށް ހޯލްސޭލްކޮށް ގަންނަ ތަކެތި ޑެލިވާ ކޮއްދޭނެއެވެ.
ހޯލްސޭލް ކުރުމާ ބެހޭ އިތުރު މައުލޫމާތު ބޭނުންވާކަމުގައި ވާނަމަ ވިލާ ޓްރޭޑިންގެ ހޮޓްލައިން ނަމްބަރ: 7667711 އަށް ގުޅާލައްވާ ނުވަތަ [email protected] އަށް މެއިލްއެއް ފޮނުއްވާލައްވާށެވެ.