ވަރަށް ގިނައިން ބުނާ އަޑު އަހަމެވެ. ކިޔަވާކުދިންނަކަށް ބެލެނިވެރިންނަކަށް ހަމަޖެހިލައިގެން ނޭވާ ލެވޭނެ ވަގުތެއްވެސް ނުވެއެވެ. ތެދެކެވެ. ބޮޑު ފަތިހާ ތެދުވެ ސުކޫލަށް ދުއްވައިގަންނަ ކުދިންނަށް އެނބުރި ގެއަށް އާދެވެނީ އިރުއޮއްސި ބޮޑުވާފަހުންނެވެ. އެއީ ކިޔެވުމާއި އިތުރު ގަޑިތަކާއި އިތުރު ހަރަކާތްތަކާއިވެސް އެކުގައެވެ. އެއަށްފަހު ދެން އޮންނަނީ ހޯމްވޯކްތައް ހެދުމެވެ. ނުވިތާކަށް ޓިއުޝަންކުލާހުގެ ގަޑިވެސްޖެހެނީ ދެގަޑިއެއްގެ ދެމެދަށް "ގަދަކަމުން" ފައްތާށެވެ. އަނެއްކޮޅުން ބެލެނިވެރިން ގޭނޭ ގޭނުން ވެސް ހަނދާނުން ކައްސައެއްނުލައެވެ.
ދަރިވަރުން ކުލާހުގައި ހޭދަކުރާ ވަގުތަކީ ބޭނުންތެރި ވަގުތެއްކަމުގައި ކަނޑައަޅާނީ މުދައްރިސުންނެވެ. ސަބަބަކީ އެކުދިންގެ ކުލާސް ވަގުތު ކުރާ މަސައްކަތުގެ ފެންވަރު ކަނޑައެޅޭނީ މުދައްރިސުން އެކުލަވާލާފައިވާ މަގުޗާޓުންކަމަށް ވާތީއެވެ. ގެއަށް ހަވާލުކުރެވޭ މަސައްކަތްތައް ފުނިޖައްސައި ހަވާލުކުރުމަކީ ރާއްޖޭގެ ސުކޫލުތަކުގައި އަމަލުކުރާ އާންމު އުސޫލެކެވެ. އަދި މީގެތެރެއަށް ހަފްތާ ބަންދުގެ މަސައްކަތް ވެސް އިތުރުވެއެވެ.
ކެލިފޯނިއާގެ ޔުނިވާސިޓީއަކުންކުރި ދިރާސާއެއް ދައްކާގޮތުގައި ދަރިވަރުންނަށް ހޯމްވޯކް ދިނުމުގެ ސަބަބުން އެކުދިންގެ ޖުމްލަ ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށްވެއެވެ. މި ދިރާސާއަށް ބަލާއިރު، ބެލެނިވެރިންގެ ބުރަ ޑިއުޓީގެ ތެރެއިން ދަރިވަރުންނަށް ،ހޯމްވޯކް ހެދުމުގައި ބޭނުންވާ އެހީތެރިކަން އޭގެ އެންމެ ފުރިހަމަ މިނުގައި ފޯރުކޮށް ނުދެވޭނެކަން ފާހަގަވެއެވެ. އަދި ގޭގައި އުޅޭ ވަގުތު ކުދިންނަށް ހުސްކޮށްލަދިނުމުން އެކުދިންގެ "ހޮބީ" އާއިގެން ކުރިއަށްދާނެ ފަހި ފުރުސަތެއް ހޯދައިދެވި ކިޔެވުމުގެ ކޮލިޓީއަށް ބަދަލުތަކެއް އަންނާނެކަމަށް ގަބޫލުކުރެވެއެވެ.
ރާއްޖޭގައި އަމަލުކުރަމުން އަންނަ ތައުލީމީ އައު ކަރިކިއުލަމުންގައި ގޭގައި ހަވާލުކުރާ މަސައްކަތްތައް ދިނުމަށް ބާރު ނާޅާއިރު ވެސް މިކަން އަމަލީ ގޮތުން ފެންނަ ސަުކޫލުތައް ވަރަށް މަދެވެ. ގޭގައި ހަވާލުކުރާ މަސައްކަތްތައް ދިނުން މަދުކުރުމުން ނުވަތަ އެއްކޮށް ހުއްޓާލުމުން މުދައްރިސުންނަށް ވެސް ސަލާމަތްވަނީ އިތުރު ވަގުތުތަކެކެވެ. ފޮތްތައް ބަލައި މާކުކުރުމަށް ދާ ވަގުތު ސަލާމަތްކޮށްދީ ދަރިވަރުންގެ ފިލާވަޅު ޝައުގުވެރި އުސޫލަކުން ބައްޓަންކުރުމަށް މުދައްރިސުންނަށް އިތުރު ވަގުތާއި ފުރުސަތު ލިއްބައިދެއެވެ.
ސުކޫލުން ދަރިވަރުންނަށް ހަވާލުކުރާ ކަންތައްތައް އޭގެ އެންމެ ފުރިހަމަ ސިފައިގައި ނިންމުމަށް ބެލެނިވެރިންނަކީ މުރާލި ބައެކެވެ. އެހެންނަމަވެސް ބެލެނިވެރިންގެ މި ދީލަތިކަން ޓީޗަރުންގެ އުފަލެއްކަމުގައި ހަދައިގެން ނުވާނެއެވެ. ރާއްޖޭގެ ބައެއް ސުކޫލުތަކުން ފެންނަ އެންމެ އާންމު މަންޒަރަކަށް މިހާރު ވެފައިވަނީ ބެލެނިވެރިންއަތުން ބޮޑެތި ހަރަދުތަކެއް ކުރުވުމުގެ އާދައެވެ. ހޯދަން އުނދަގޫ "ތަދު" އެއްޗެއްހި ހޯދަން މަޖުބޫރުކުރުމުގެ ވިސްނުމެވެ. ބެލެނިވެރިންގެ ތެރޭގައި ހިމެނޭ ހުރިހާ އެންމެންނަކީ މާލީގޮތުން ތަނަވަސް މީހުންނެއްނޫނެވެ. ބުނާހާއެއްޗެއް ފަސޭހައިން ހޯދޭނެ ކުޅަދާނަކަން ލިބިފައިވާ މީހުންނެއް ވެސް ނޫނެވެ. ސުކޫލުގައި ތިން ހަތަރު ދަރިން ތިބޭ ބެލެނިވެރިންނާއި ދަރިންނަށް މުސްތަގުބަލެއް ހޯދައިދިނުމަށް މާލޭ ސަރަހައްދަށް ދިރިއުޅުން ބަދަލުކޮށްގެންތިބި ބެލެނިވެރިންވެސް އިންތިހާއަށް ގިނައެވެ. މިކަންކަމާއިމެދުވެސް ޓީޗަރުންނާއި ސުކޫލުތަކުންވެސް ވިސްނަންޖެހޭނެއެވެ. މަހެއް ނިމިގެންދާއިރު ސުކޫލުގައި ކިޔަވާ ކުއްޖަކަށް ސްކޫލް ފީއާއި ޓިއުޝަން ފީތަކުގެ އިތުރުން، މިގޮތަށް ޓީޗަރުން ގެންނަން ބުނާ ތަކެއްޗަށް 3000 އެއްހައި ރުފިޔާ ހަރަދުވުމަކީ ތަކުލީފަކަށްނޫނީ ނުވާނެއެވެ.
އުނގެނުމުގެ ތެރެއިން ބޭނުންވާނެ އެއްޗެހިވެސް ހުންނާނެއެވެ. ހަމައެކަނި ފޮތަކާއި ފަންސުރަކުން މިފަދަ ޒަމާނެއްގައި ނުކިޔެވޭނެކަންވެސް އެނގެއެވެ. އަދި ހޯމްވޯކަކީވެސް ދަރިވަރަށް އޭގެ ޒާތުގައި ބޭނުންތެރި އެއްޗެކެވެ. އެކަމަކު ކޮންމެ ކަމެއްވެސް އޭގެ އެންމެ ފުރިހަމަ މިންވަރުގައި ހާސިލުވާނީ އުސޫލެއްގެ ތެރެއިން އެކަމެއް ކުރީމައެވެ. މިކަމަށް ވިސްނަންވީ މުދައްރިސުންނާއި ސުކޫލުތަކުންނެވެ. ކަމެއްދަމެއް ބޮޑުވުމުން ބެލެނިވެރިންގެ ޝަކުވާތައް ފުނިޖެހިގެން ސުކޫލާއި ހަމައަށް ދިއުމުން ވެސް ހަވާލުވާނެ މީހަކު ގިނަފަހަރަށް ނުވެއެވެ.
މިފަހުންވެސް ރާއްޖޭގެ ސުކޫލެއްގެ ބެލެނިވެރިއަކުވަނީ މިކަމާއިމެދު ނުރުހުން ފާޅުކޮށްފައެވެ. ސުކޫލުތަކުގެ އިތުރު ހަރަކާތްތަކަށް ކުދިންގެ ވަގުތުތައް ބޭކާރުކުރުމާއި ބެލެނިވެރިންގެ އަތުން ފައިސާ ހޯދުމުގެ ނޭދެވޭ ސަގާފަތުގެ ޝަކުވާ ކުރަމުން ބެލެނިވެރިޔާ ބުނީ، "އަހަރެމެންގެ ދަރިން މިހާރު ވަރުބަލިވެއްޖެ" ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީ ޓެގްކޮށް ބެލެނިވެރިޔާވަނީ މިކަމަށް ހައްލު ގެނެސްދޭން އެދިފައެވެ.
ސުކޫލުތަކުން ބޭނުންވާ ނަތީޖާ ނެރެވޭނީ ސުކޫލާއި މުދައްރިސުން ވެސް ދަރިވަރުންނާއި ބެލެނިވެރިންނަށް ލުއިކޮށްދީ އެއްބާރުލުން ދީގެންނެވެ. އެހެންނޫންނަމަ ކިތަންމެ ރީތި ސުކޫލެއް ހުއްޓަސް ދަރިވަރުންގެ ކިޔެވުމަކަށް އެދެވޭ ބަދަލުތަކެއް ނާންނާނެއެވެ.
މުޖުތަމައު ހަލާކުވެއްޖެ، ވެރިންނަށް އިހްތިރާމެއް މެތް، ހަފްލާ އަކަށް ހެދުމެއް، މުޖުތަމައުން ފެނިގެން އެ ދަނީ ތައުލީމީ ނިޒާމް ގެ ނަތީޖާ. ސްކޫލް އިމާރާތް ތައް ގޯހެއް ނުވާނެ. ސްކޫލް ގޯތި ކުދިންނަކާ ނުބެހޭނޭ. މި އީ ސްކޫލް ތައް ހިންގުމާ ހަވާލުވެ ތިބި މީހުނާ ޓީޗަރުން ގެ ފެންވަރު ނޫން އެހެން ދެން ކޯއްޗެއް.
މާލޭ ސުކޫލުތަކުގެ ވާހަކަ ތި ދައްކަނީ ތިއިން އެއްވެސް ކަމެއް ނުކުރާ ތަންތަން އެބަހުރި.
ދަރިވަރުން ހުކުރެއް ހައްޖެއް އީދެއް ނުބަލަ ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނުމުގެ ނަމުގައި ގިނަ ޓީޗަރުން އޯޓީ ނަގަނީ ޢެ ޓީޗަރަކު ބޭނުންވާ ދަރިވަރަކަށް ކިޔަވައިދެނީ ބައެއް ސްކޫލްތަކުގައި ހޮނިހިރު ދުވަހަކީ ރަސްމީ ދުވަހަކަށް ހަދައިން އުޅެނީ
ސުވާލަކީ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ސުކޫލް ހިންގަނީ ބެލެނިވެރިން އަތުން އެކި ނަންނަމުގައި ފައިސާ އަތުލައިގެންހޭ. ގަސް ގަނެެގެން ގަސް ގެންގޮސް އެ އިންދާ ހަދަން އެބަޖެހޭ. ފަންޑް ރެއިޒިން އޭ ކިޔާފަ ބެލެނިވެރިން ލައްވާ ކާއެއްޗެހި ގެންގޮސް އަނެއްކާ ބެލެނިވެރިން ލައްވާ އެ ގަނުވާ އެބަ. އެންމެ ގިނަ ފައިސާލިބޭ ކުލާސް ހޮވާ މިދެން ކޮން ކަމެއް. މިއުޅެނީ އަނގަޔާއި އަތާ ދިމާނުވެގެން. ދަރިނ1 ކޮޅު އެކަނި ދޫކޮށްލަފަ ގޮސް ސުކޫލް ޑެކަރޭޓް ކުރަން ނޫނީ ސްޓޯލް ތަކުގަ ތިބެންވީ. މިދެން ކިހާ ދެރަކަމެއް. ސަރުކާރު ސުކޫލެެއްގައި މިތިބެނީ ފީދައްކަން ނުޖެހޭތިވެ އެނޫން އެހެން ގޮތެއް ނެތީމަ. އެވަރުންވެސް މީ އުޅޭ ޙާލު.
ގިނަ ހަރަކާތްތައް ހިންގަނީ ގިނަ ފޮޓޯނަގައި، ސޯސަލް މީޑިއާގައި އެޑިއުކޭސަން މިނިސްޓްރީ ޓެގްކޮށް ފޮޓޯ ޝެއަރކުރަން. ހީވަނީ އެޑިއުކޭސަނުން ބުނެގެން ކުރާކަމެއްހެން.
މިލިޔުމުގައި ރަނގަޅު ނޫން މައުލޫމާތުތައް ގިނަ. އިތުރު ހަރަކާތްތަކަކީ ލާޒިމު ހަރަކާތްތަކެއް ނޫން. ދަރިވަރުންނަށް އިހުތިޔާރު އޮވޭ.
2018 ވަނަ އަހަރުން ފެށިގެން މިއުޅެނީ މުދައްރިސަކަށް. ގުޅާފަ ބެލެނެވެރިން އެބަކިޔާ އެވެނި މިވެނި ކަމެއް ފާހަގަ ނުކުރެއޭ. ސްކޫލްގެ ކަލަންޑަރ ފުރާލާފައި އޮންނަނީ އިތުރު ހަރަކާތުން. ކޮންމެ ދުވަހަކު ގެއަށް ގެންދަން ވަކި ފޮތް ތަކެއް ގެންގުޅެން. ހަފަތާ ބަންދުގައި ދޭން ވަކި ފައިލެއް. ރީތި ނަމެއް ކިޔާފައި ކުދިން އިތުރު ގަޑީގައި އެބަ ގެންނަން ޖެހޭ. މިދައްކަނީ ޕްރީސްކޫލް ކުދިންގެ ވާހަކަ. އެކަން ކަން ނުކޮއްފިޔާ ގޯސްވަނީ މުދައްރިސުން. ބެލެނިވެރިނަށް ވެސް. ށ ސްކޫލްގެ ވެރިންނަށް ވެސް. މުދައްރިސުން ވަރުބަލި ނުވާނެ. މުސާރަ ބޮޑުކޮށްފަ މިތިބީ މަސައްކަތް ކުރުވަން ވިއްޔާ. ބަޔެއްވެސް ވެގެން ނުވާނެ. މުދައްރިސުންގެ އާއިލާއެއްނޯވޭ
ހީވާކަހަލަ ބިޒީ ވަނީ ބެލެނިވެރިންނާއި ދަރިވަރުން އެކަންޏޭ! މިއީ ބެލެނިވެރިންނާއި ދަރިވަރުންގެ ހާލަތުނަމަ ޓީޗަރުންގެ ހާލަތާމެދު ވިސްނާލާނީ ކިހިނެއްތޯ. އެބޭފުޅުން ވާނެ ބިޒީ އަންދާޒާ ކޮއްލާނީ ކިހިނެއްތޯ. މިނިސްޓްރީއިންނާއި ސްކޫލުގެ ޑެސިސަންތައްވީމައި އެބޭފުޅުންވެސް އިންޕްލިމެންޓް ކުރުންނޫން އިތުރު ޗޮއިސްއެއް އޮންނާނެތޯ. ޓީޗަރުން ބެލެނިވެރިންގެ ދަރިންނަށް ކިޔަވަދޭން ކުރާ މަސައްކަތް ބަލައިނުގަންނަކަމީ މި ދިވެހިންގެ ކަޑަކަން.
ސްކޫލް ތަކުގައި އަމަލީ ގޮތުން އެހީނުވެވޭ ބެލެނިވެރިންގެ ދަރިން ބާކީވެސް ކުރޭ. މީ ޓީޗަރުންވެސް އެމީހުންގެ ފަސޭހައަކަށް ހިންްްގާ އުޅޭބޮޑު ޖަރީމާއެއް