މިއަހަރުގެ ރޯދަމަހުވެސް ވީޓީވީން ބެލުންތެރިންނަށް ބައިވެރިވެވޭ ކަހަލަ، ބެލުންތެރިން ގަޔާވާނެފަދަ "ކޮލިޓީ" ގިނަ ޕްރޮގުރާމްތަކެއް ގެނެސްދޭން ތައްޔާރުވެއްޖެއެވެ.

އައިލޭންޑް ބްރޯޑްކާސްޓިން ކޮމްޕެނީން ހިންގާ ވީމީޑިއާގެ ވީޓީވީން ކޮންމެ ރަމަޟާން މަހަކުވެސް ބެލުންތެރިންނަށް ބައިވެރިވެވޭ ގޮތައް އުފައްދާފައިވާ ޕްރޮގުރާމްތައް ގެނެސްދެއެވެ. އަދި އެ ޕްރޮގުރާމްތަކަށް ބެލުންތެރިންގެ ތަރުޚީބުވެސް ވަރަށް ބޮޑަށް ލިބޭކަން ފާހަގަކޮށްލަމެވެ.

ގިނަ އަދަދެއްގެ ސްޕޮންސަރުންގެ ދީލަތި އެހީތެރިކަމާއެކު ވީޓީވީގެ ޕްރޮޑިއުސަރުން ތައްޔާރުކޮށް މިއަހަރު ގެނެސްދިނުމަށް ހަމަޖެހިފައިވާ ޕްރޮގުރާތްތަކުގެ ތެރޭގައި، ދީނީ ޕްރޮގުރާމްތަކާއި މުނިފޫހިފިލުވުމުގެ އެތައް ޕްރޮގުރާމެއް ހިމެނެއެވެ. މީގެ ތެރޭގައި މުޅިން އަލަށް ގެނެސްދޭ ޕްރޮގުރާމްތައް ހުރިކަން ވެސް ފާހަގަކޮށްލަމެވެ.

އެންމެ ފުރަތަމަ މިބަލާލަނީ މިއަހަރުގެ ރޯދަމަހު ވީޓީވީން ގެނެސްދިނުމަށް ހަމަޖެހިފައިވާ ދީނީ ޕްރޮގުރާމްތަކަށެވެ. ރަމަޟާންމަހަކީ މާތްﷲ މަތިވެރި ކުރައްވާފައިވާ ވަރަށް މާތް ރޫޙާނީ ‏‏މައްސަރެކެވެ. އެހެން މަސްތަކާއި ދުވަސްތަކަށްވުރެ އެމަހުގައި ކުރެވޭ އަޅުކަމުގެ ހެޔޮކަން ބޮޑެވެ. އަދި މި ބަރަކާތްތެރި މަހަކީ އެމަހެއްގައި ޤުރުއާން ބާވައިލެއްވުނު މަހެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ، ޝުކުރުވެރިކަމާއެކު، ކުރިއަށް އޮތް މާތް މައްސަރުގެ ބަރަކާތާއި ހެޔޮ ދަރުމަ ލިބިގަނެ، ރޯދައިގެ ‏‏މަތިވެރި ވާޖިބު އަދާކޮށް، ޞަދަޤާތްދީ، ހެޔޮ ކަންތައްތައް އިތުރުކުރުމަކީ، އަހަރެމެންގެ ‏‏މައްޗަށް އޮތް ވާޖިބެކެވެ.

އެހެންކަމުން، މި މައްސަރުގައި ދީނީ ޕްރޮގުރާމްތަކަށް ވީޓީވީން ވަރަށް ހާއްސަ އަހަމިއްޔަތުކަމެއް ދެއެވެ.

ރަންދާނު ދީނީ ސުވާލު މުބާރާތް

މިއަހަރުގެ ރޯދަމަހުވެސް، މީގެ ކުރީ އަހަރުތަކެކޭ އެއްފަދައިން "ރަންދާނު ދީނީ ސުވާލު މުބާރާތް" ކުރިއަށްގެންދާނެއެވެ. މިއީ ކޮންމެ ދުވަހަކުވެސް ވީޓީވީން ގެނެސްދޭ ދީނީ ސުވާލަކަށް ޖަވާބުދީގެން، ރޯދަމަސް ނިމޭއިރު އެންމެ ގިނަ ސުވާލުގެ ޖަވާބު ދިމާކުރާ ބެލުންތެރިންގެ މެދުގައި ގުރުއަތު ނަގައިގެން ނަސީބުވެރިޔަކު ހޮވާ ގޮތަށް ގެނެސްދޭ މުބާރާތެކެވެ. މިމުބާރާތުގައި، މިދިޔަ އަހަރުވަނީ ބޮޑު އިނާމެއްގެ ގޮތުން އުމްރާ ދަތުރެއް ދޫކޮށްލާފައެވެ. މިއަހަރުވެސް، މިމުބާރާތުގައި ހާއްސަ އިނާމެއް ދޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

އައްސަލާމްއަލައިކުމް

އެހެން ރޯދަމަސްތަކުގައި ވީޓީވީން ގެނެސްދޭ "އައްސަލާމްއަލައިކުމް" ޕްރޮގުރާމް މިހައަހަރުވެސް ގެނެސްދޭނެއެވެ. މިޕްރޮގުރާމަކީ ބެލުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ތައްޔާރުކޮށް ގެނެސްދޭ ޕްރޮގުރާމަކަށް ވާއިރު، މިޕްރޮގުރާމްގައި އޮންނާނެ ކަމަކީ ދީނީ ސުވާލާއި ޖަވާބެވެ.

މިދިޔަ އަހަރުގެ ރޯދަމަހު ގެނެސްދިން ބައެއް ޕްރޮގުރާމްތަކުން

ސާދަގަޑިތިރީސް

ކޮންމެ ރަމަޟާންމަހަކުވެސް ވީޓީވީން ގެނެސްދޭ އެންމެ ބޮޑު ޕްރޮގުރާމަކަށްވަނީ "ސާދަގަޑިތިރީސް"އެވެ. ވެރައިޓީ ޝޯވއެއްގެ ގޮތުގައި ގެނެސްދޭ "ސާދަގަޑިތިރީސް" މިއަހަރުވެސް ގެނެސްދިނުމަށް ވީޓީވީން ނިންމާފައިވާއިރު، މިޕްރޮގުރާމްގައި އެންމެ މަގުބޫލު ސެގްމެންޓް ކަމަށްވާ "ވަންމިނިޓް ޝޮޕިން" އޮންނާނެކަމުގެ ޔަގީންކަން ދެއެވެ.

ވާނުވާ ޝޯވ

މިހާރުވެސް ވީޓީވީން ގެނެސްދެމުން އަންނަ "ވާނުވާ ޝޯވ" ބަދަލުތަކަކާއެކު ރޯދަމަހު ކުރިއަގެންދާ ގޮތަށްވަނީ ހަމަޖެހިފައެވެ. މިގޮތުން، ޝޯވގައި ގޭމްތަކެއް ހިމަނައި، ބެލުންތެރިންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތަށް ކޮންސެޕްޓަށްވަނީ ބަދަލުތަކެއް ގެނެސްފައެވެ. ރޯދަމަހު އޮންނަ "ވާނުވާ ޝޯވ"ތަކުގައި އެބަދަލުތައް ފެނިގެންދާނެއެވެ.

ޝަފްގެ ޖޯލިފަތި ޝަފްއާއެކު

މި އަހަރުވެސް "ޝަފްގެ ޖޯލިފަތި" ބަދަލުތަކަކާއެކު "ޝަފްއާއެކު" މިނަމުގައި ރޯދަމަހު ވީޓީވީން ގެނެސްދޭނެއެވެ. މިޕްރޮގުރާމްގައި މެހެމާނުންގެ ގޮތުގައި ބައިވެރިވާނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތުންނެެވެ. އެބޭފުޅުންގެ "ނުދައްކާ ވާހަކަތައް" މިޕްރޮގުރާމްގައި ދައްކާނެއެވެ.

ސޯސަން ބަދިގެ

ގިނަ ބަޔެއްގެ ތަރުޚީބު ލިބުނު "ސުހާނާގެ ބަދިގެ"ވެސް "ސޯސަން ބަދިގެ" މިނަމުގައި ވީޓީވީން ގެނެސްދޭނެއެވެ. މިޕްރޮގުރާމަކީ ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކުރާނެ ގޮތް ބެލުންތެރިންނަށް ބުނެދިނުމުގެ މަގުސަދުގައި ގެނެސްދޭ ޕްރޮގުރާމެކެވެ. ސޯސަން ބަދިގެ ޕްރޮގްރާމަކީ "ކުއިކް އެންޑް އީޒީ" ކެއްކުން ދަސްކުރަން ބޭނުންވާފަރާތްތަކަށް ރޯދަމަހުގެ ޕްރޮގްރާމްތެރޭގައި މިކަމަށް ޝައުގުވެރިވާ ފަރާތްތައް ބައިވެރިކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން "ސޯސަން ބަދިގެ" ފޭސްބުކް ޕޭޖަށް އިންބޮކްސްކޮށްގެން ނުވަގަ މަރިޔަމް ސުހާނާގެ ފޭސްބުކްޕޭޖަށް އިންބޮކްސްކޮށްގެން ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ. މި ފްރޮގްރާމަށް ޝައުގުވެރިކަން ފާޅުކޮށް އިންބޮކްސް ކުރާ ފަރާތްތަކުންގެ ތެރެއިން ވަކި އަދަދަކަށް ބައިވެރިން ހޮވާއިރު، ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ސޯސަން ބަދިގެ ސެޓްވިކެޓެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތުދެމުން، މި ޕްރޮގްރާމްގެ ހޯސްޓް ސުހާނާ ބުނީ، މި ފްރޮގްރާމްގައި ބޭނުންކުރާނީ ހަމައެކަނި ސޯސަން ސްޓޯއިން ލިބެން ހުންނަ ތަކެތި ކަމަށާއި، ސަބަބަކީ ސޯސަން ސްޓޯގެ ހުރިހާ ފިހާރަތަކަކީ، ބޭނުންވާ ހުރިހާ ޕްރޮޑަކްސްތައް ފަސޭހަކަމާއެކު ހެޔޮ އަގުތަކުގައި ލިބޭ ފިހާރަތަކަކަށްވާތީ ކަމަށެވެ.

ސުހާނާގެ ކެއްކުންތަކުގައި އަބަދުވެސް ޕްރޮމޯޓްކުރަނީ "ކުއިކް، އީޒީ، ހެލްތީ" ކެއުންތަކެވެ.

ފަލަކް ފްރައިޑޭ

ފަލަކް ފްރައިޑޭގެ ނަމުގައި "ސޯސަން ބަދިގެ" ފަދަ ކުކަރީ ޝޯވއެއް ރޯދަމަހު ވީޓީވީން ގެނެސްދޭނެއެވެ. މިޕްރޮގުރާމް ގެނެސްދޭނީ ހުކުރު ދުވަހުއެވެ.

މިދިޔަ އަހަރުގެ ރޯދަމަހު ގެނެސްދިން ބައެއް ޕްރޮގުރާމްތަކުން

ހަދިޔާ ހަވީރު

ރޯދަމަހު ކުޑަކުދިންނަށް ހާއްސަކޮށްގެން ވީޓީވީން ގެނެސްދޭ "ހަދިޔާ ހަވީރު" މިއަހަރުވެސް ކޮއްކޮމެންނަށްޓަކައި ގެނެސްދޭނެއެވެ. މިޕްރްގުރާމްގައި ކުޑަކުދިންނަށް ބައިވެރިވެގެން މަސައްކަތެއް ފުރިހަމަކޮށްލައިގެން ހަދިޔާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް

ވީޓީވީއަކީ އަމިއްލަ އުފެއްދުންތެރިކަމަށް ހާއްސަ އަހައްމިޔަތުކަމެއްދޭ ޗެނަލްއެކެވެ. އެހެންކަމުން، "އަންތަރީސް"ގެ ނަމުގައި ލަވަ ޕްރޮގުރާމެއް މިއަހަރުގެ ރޯދަ މަހު ވީޓީވީން ގެނެސްދޭނެއެވެ. މިޕޮގްރާމުގައި ދައްކާނީ މުޅިންވެސް ވީޓީވީގެ އުފެއްދުންތަކެވެ.

މީގެ އިތުރުން، "މިކަން ވާނެތަ؟"، "މަދަހަ ރަންއަޑު" އަދި ހިނގާކުރަހަމާ" ފަދަ ޕްރޮގުރާމްތަކާއި ތަފާތު އެހެނިހެން ޕްރޮގުރާމްތައް ވީޓީވީން މިއަހަރު ގެނެސްދޭނެއެވެ.

"އައްފު އެންޑް ޖައްބު"

ވީޓީވީގެ ނިއުސްރޫމުގެ އެސިސްޓަންޓް އެޑިޓަރ އައްފާން އަދި އެމްސީއާރުގެ ކޮންޓްރޯލަރ ޖައިލަމް ޕްރެޒެންޓްކުރާ "އައްފު އެންޑް ޖައްބު" ޕްރޮގުރާމަކީވެސް ބެލުންތެރިންގެ މެދުގައި މަގުބޫލު ޕޮރޮގުރާމެކެވެ. ބެލުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ތަފާތު ގޭމްތަކާއި އިނާމުތަކާއެކު މިފަހަރުވެސް "އައްފު އެންޑް ޖައްބު" ގެނެސްދިނުމަށް ވީޓީވީން ވަނީ ނިންމާފައެވެ.

އެގޮތުން ކުރީ އަހަރުތަކެކޭ އެއްގޮތަށް މި ފަހަރުގެ ޕްރޮގްރާމުގައި ވެސް، ތަޅުދަނޑި ހޯދައިގެން އިނާމު ލިބޭ ސެގްމަންޓާއި، ޕްރޮގްރާމު ކުރިއަށްދާ ވަގުތު ސްޓޫޑިއޯއަށް ކާއެއްޗެތި ގެނެސްގެން ހަދިޔާ ހޯދުމުގެ ފުރުސަތު ލިބޭ ސެގްމަންޓު އޮންނާނެއެވެ. މި ފަހަރުގެ ޕްރޮގްރާމުގައި މުޅިން އަލަށް، އާންމުންގެ ޓީމަކާއި ސެލެބްރިޓީންގެ ޓީމެއްގެ މެދުގައި ކުޅެވޭ ވާދަވެރި ގޭމްތަކެއް ވެސް ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ.

މިޕްރޮގުރާމްތަކުގެ އިތުރުންވެސް، ވީޓީވީން ތަފާތު ޕްރޮގުރާމްތަކެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ދެއެވެ. މިއިން ގިނަ ޕްރޮގުރާމްތައް ތައްޔާރުކޮށްފައިވަނީ ބެލުންތެރިންގެ ބައިވެރިވުން ހިމެނޭ، ގިނަ ހަދިޔާތައްވެސް ދޫކޮށްލެވޭ ގޮތަށެވެ. އެހެން އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް ވީޓީވީގެ ބެލުންތެރިންނަށް "ބޮޑު އިނާމު"ތަކެއް ދޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

މިހުރިހާ ޕްރޮގުރާމަކީވެސް ސްޕޮންސަރުން ތަރުހީބު ލިބެމުން އަންނައިރު، ސްޕޮންސަރކުރުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވާލާފައެވެ.

ޕްރޮގުރާމް ސްޕޮންސަރކުރެއްވުމަށާއި އިތުރު މައުލޫމާތު ސާފުކުރެވުމަށް ގުޅުއްވާނީ: 3010502 (ވީޓީވީގެ މާކެޓިން) ހޮޓްލައިނަށެވެ.