ވިލިމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ ވިލިމާލެއިން 13 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން މިއަދު މެންދުރު 1:33 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
އަދި މިކަމުގެ ރިޕޯޓް ލިބުމާއިއެކު ކުއްޖާ ހޯދުމުގެ މަސައްކަތް މިރު ފަށައިފައިވާކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މި ފަހުން އާއިލާއަށް ވީނުވީއެއް ނޭނގި ގެއްލިގެން ރިޕޯޓުކުރާ މީހުންގެ އަދަދު އިތުރުވެފައިވާއިރު މި މަހުގެ ދެވަނަ ދުވަހުވެސްވަނީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
އަދި މުހައްމަދު އާސިރު ކިޔާ ޒުވާނަކުވެސް ވީނުވީއެއް ނޭނގިގެން ހޯދަންޖެހުނު އިރު ގެއްލުނުތާ 13 ދުވަސްފަހުން މުހައްމަދު އާސިރު ފެނިފައިވަނީ ވެލާނާ އެއާޕޯޓުގައި އިންދައެވެ.
އއ. މަތިވެރިން ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައިވާ އުމުރުން 73 އަހަރުގެ ހަސަން އަލީ ހޯދުމަށް މިހާތަނަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އަދިވެސް އޭނާ ފެނިފައެއް ނުވެއެވެ.