ބަރަކާތްތެރި ރަމަޟާން މަހަށް މަރްޙަބާ ކިއުމުގެގޮތުން، ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި، ޣައްޒާގެ ރައްޔިތުން ކުލަބޮކިތައް ދިއްލައި ޒީނަތްތެރި ކޮށްފައި ވެއެވެ.

އިސްރާއީލުގެ އިސްތިއުމާރީ އަނިޔާވެރިކަމުގައި ދުވަސްތައް ހޭދަކުރަމުން ދިޔަނަމަވެސް، ފަލަސްތީނުގެ ރައްޔިތުން ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް ޚާއްސަގޮތެއްގައި ތައްޔާރުވެއެވެ.

އެގޮތުން، އެކި އަވަށްތަކުގެ މީހުން ގޭގައި ބޮކިފަތި ދަމައި، އުފާފާޅުކުރުމުގެ ހަރަކާތްތައް ރަށުތެރޭގައި ބާއްވައެވެ.

ރަމަޟާން މަހަކީ، ޚާއްސަކޮށް ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އަނިޔާވެރިކަން އިންތިހާއަށް މައްޗަށްދާ މަހެއްވެސް މެއެވެ.

މިފަހަރުގެ ރަމަޟާން މަހާ ދިމާކޮށްވެސް އިސްރާއީލުގެ އުދުވާނުތަކުންވަނީ، ފަލަސްތީނު ރައްޔިތުންގެ ހަރަކާތްތަކަށް ހުރަސްއެޅުމުގެ ހަރުކަށި ފިޔަވަޅުތައް އަޅަން ނިންމާފައެވެ.

އެގޮތުން، މަސްޖިދުލް އަގްސާއަށް ރަމަޟާންމަހުގެ ތެރޭގައި ނަމާދަށް ދެވޭނީ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް އެކަނި ކަމަށްވެސް ކަނޑައަޅައި، އިއުލާން ކޮށްފައި ވެއެވެ.

ތިރީގައި މިވަނީ، ހުޅަނގު އައްސޭރިއާއި، ޣައްޒާގެ ބައެއް ސަރަހައްދުތަކުގައި ރަމަޟާން މަހަށް ވެފައިވާ ތައްޔާރީތައް ފެންނަ ފޮޓޯތަކެވެ.