ރަމަޟާން މަހަކީ އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން އެއްމެންވެސް ބޭނުންވާ މަހެކެވެ. މިމަހުގައި އާއިލާ އެންމެން އެއްވެލައި ރޯދަވީއްލުމަށް ރެސްޓޯރެންޓެއް ހިޔާރުކުރާއިރު، އަބަދުވެސް ހިތްގައިމު އަދި މީރު ކެއުންތައް ލިބޭ ރެސްޓޯރަންޓެއް ހޯދައެވެ.
މިފަހަރުގެ ރޯދަވީއްލުމަށް ކްރޮސްރޯޑްސް މޯލްޑިވްސް ހިޔާރުކުރަންވީ ސަބަބުތައް ގިނައެވެ. އެތަނުގެ ވަށައިގެންވާ ރެސްޓޯރެންޓްތަކަކީ މޫދުގެ ހިތްގައިމު މަންޒަރުތައް ފެންނަ ހިތްގައިމު މާހައުލެއް ލިބިފައިވާ ރެސްޓޯރަންޓްތަކަކަށްވާއިރު، އޭގެ ސަބަބުން އިފްތާރުގެ ތަޖުރިބާ އިތުރަށް ހާއްސަވާނެކަން ޔަގީނެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގެ ކޮންމެ އައުޓްލެޓަކުންވެސް އިފްތާރުގައި އެތަނުގެ ހާއްސަ ކެއުމެއް ހިމަނާފައިވާއިރު، މީގެއިތުރުންވެސް އެކި ވައްތަރުގެ ކެއުންތައް ހިޔާރު ކުރެވޭނެއެވެ. ޓްރެޑިޝަނަލް ދިވެހި ކެއުންތައް ބޭނުންވާ ފަރާތްތަކަށް ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގައި ހަތަރު ކޯސް މެނޫއެއް ލިބޭއިރު އޭގެ ތެރޭގައި މޯލްޑިވިއަން ޓޫނާ ކަރީ އާއި ޗިކަން ކަރީވެސް ހިމެނެއެވެ. އެކި ރަހަތައް ތަޖުރިބާކޮށްލެވޭނެ މި މެނޫއިން މީހަކަށް ނަގާނީ 40 ޑޮލަރެވެ.
ތައިލޭންޑްގެ ކެއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތައިލޭންޑްގެ ގްރީން ކަރީއިން ފެށިގެން މެންގޯ ސްޓިކީ ރައިސްއާ ހަމައަށް ކިއުރޭޓެޑް މެނޫއެއް ލިބޭ ކިންކާއޯ ތައި ބިސްޓްރޯގައި ފުރިހަމަ ތައި ކެއުންތަކުގެ ރަހަ ބަލާލެވޭނެ އެވެ. މީގެއިތުރުން ޖަޕާނުގެ ކެއުމަށް ލޯބިކުރާ ފަރާތްތަކަށް ޖިއާއޯ ވޫގެ ފުރިހަމަ ޖަޕާނު ކެއުންތަކުގައި ބައިވެރިވެވޭނެއެވެ. މި މެނޫގައި ލެމަން ސޯސް އާއި އެކު ޑީޕް ފްރައިޑް ޗިކަން އަދި ތަރުކާރީއާއެކު ސްޓަރ ފްރައިޑް ބީފް ފަދަ ކެއުންތައް ހިމެނެ އެވެ.
އިންޑިއަން އަދި މެޑިޓެރޭނިއަންގެ ބައެއް ރަހަތައް ތަޖުރިބާކޮށްލަން ބޭނުންނަމަ، ކެބާބް އެންޑް ކަރީގެ މެނޫއަކީ ބަޓާ ޗިކަން އަދި އެސޯޓެޑް އިންޑިއަން ތަންދޫރީ ބްރެޑްސް ހިމެނޭ މެނޫއެކެވެ. އަދި ބީން/ކޯއިން ހަފްތާގެ ކޮންމެ ދުވަހަކަށް ވެސް ތަފާތު މެނޫއެއް ތައާރަފްކުރާއިރު، ކޮންމެ ފަހަރަކުވެސް އާ ކަމެއް ތަޖްރިބާކޮށްލެވޭނެއެވެ.
ސައި ބީޗް ކްލަބުން ހަފުތާގެ ދުވަސްތަކަށް ބަލައި، ތަފާތު އިފްތާރު މެނޫތައް ދެ އެވެ. ކޮންމެ މެނޫއެއްގެ އަގަކީ މީހަކަށް 35 ޑޮލަރެވެ. އޭގެ ތެރޭގައި ކަދުރު، ކަރާ ފަނި، އޮރެންޖް ޖޫސް، ކުރުނބާ، ސްޕާލިން ވޯޓާ، ޝޯޓް އީޓްސް، މެއިން ކޯސް، ޑެޒާޓް އަދި ޓީ ނުވަތަ ކޮފީ ހިމެނެއެވެ. މި ޑިޝްތައް މެނޫތަކުގެ މެދުގައި ތަފާތު ނަމަވެސް ދިވެހި ކެއުންތަކާއި ބައިނަލްއަގްވާމީ ކެއުންތަކުގެ ތެރޭގައި ޗިކަން ބިރިޔާނީ، ވަޅޯމަސް ސްޕެގެޓީ އަގްލިއޯ އޮލިއޯ އަދި ޗިކަން ޓިއްކާ މަސާލާ ހިމެނެއެވެ.
ކަޅު އޮޑި ރެސްޓޯރަންޓްގައި، މީހަކަށް 1،050 ރުފިޔާއަށް ހާއްސަ އިފްތާރު މެނޫއެއް ލިބޭއިރު އޭގެ ތެރޭގައި ތަފާތު މީރު ދިވެހި ކެއުންތައް ހިމެނެ އެވެ. 12 އަހަރުން ދަށުގެ ކުދިންނަށް މި އަގުން 60 އިންސައްތަ ޑިސްކައުންޓް ލިބޭއިރު، އަގުގެ ތެރޭގައި ރިޓާން ޓްރާންސްފާވެސް ހިމެނެއެވެ. ކަޅު އޮޑި ރެސްޓޯރަންޓްގެ މެނޫގައި ހިމެނޭ ހާއްސަ ބައެއް ބާވަތްތަކުގެ ތެރޭގައި ސްޓަރ ފްރައިޑް އޮކްޓޯޕަސް، ފިހުނު މަސް އަދި މޯލްޑިވިއަން ސްމޯކްޑް ޓޫނާ ރައިސް ހިމެނެއެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް ކްރެބް، ކާނޭ ޑިއެމް ގްރިލް ބައި ދަރްޝަން އަދި ނިހޮންބަށި ބްލޫ އިން ގެސްޓުންނަށް ކަދުރު، ޓޫނާ ކަޓްލެޓް، ކަރާ އަދި ތާޒާ އޮރެންޖް ޖޫސް ހިމަނައިގެން ކޮންމެ މީހަކަށް 100 ރުފިޔާއަށް ސެޓް މެނޫއެއް ލިބޭނެ އެވެ.
ކްރޮސްރޯޑްސް މޯލްޑިވްސް އިން އިފްތާރުގެ ތަފާތު ހިތްގައިމު އޮޕްޝަންތައް ފޯރުކޮށްދެމުން އަންނައިރު، މި ބަރަކާތްތެރި މައްސަރުގައި އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު އަދި ހަނދާން ނައްތާނުލެވޭ ވަރުގެ ކަލިނަރީ ދަތުރެއް ތަޖުރިބާ ކުރެވޭކަމަށްވެސް ކްރޮސްރޯޑްސް މޯލްޑިވްސް އިން ބުނެއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި އިފްތާރު ފޯރުކޮށްދޭ ތަފާތު މާހައުލުން އިފްތާރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދެއެވެ.