ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށް ވަދެ، މީހަކު އަޑުގަދަކޮށް އަވަގުރާނަ ގޮވައިފިއެވެ.
މިހާރު ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަނީ ފިރިހެނަކު، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ތެރޭގައި ހަޅޭއްލަވައި، ފުލުހުންނާ މުހާތަބުކޮށް ހުތުރުބަހުން މުއާމަލާތްކުރާ މަންޒަރެވެ.
އެވީޑިއޯއިން އެނގޭ ގޮތުގައި، އޭނާ ފުލުހުންގެ އިދާރާއަށްވަނީ، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި އޮތް އޭނާގެ ކާރެއްގައި ފުލުހުން ޕީވީ ސްޓިކާ ޖެހުމުން، އެކަމާއި ހިތްހަމެނުޖެހި ރުޅިގަދަވެގެންނެވެ.
އެތަނަށް ވަދެ ވަރަށް ރުޅިވެރިކަމާއެކު އޭނާވަނީ އޭނާގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނު ނުހިންގޭނެ ކަމަށް ބުނެފައެވެ. އަދި "މަމީ ދިވެހި ރައްޔިތެއް ނޫނޭ..."ވެސް އޭނާ ފުލުހުންނާ މުހާތަބުކުރަމުން ބުނެފައި ވެއެވެ.
އަޑުގަދަވެގެން އުޅެނީ ކީއްވެތޯ ފުލުހަކު ސުވާލުކުރުމުން، އޭނާވަނީ "އަޑުގަދަވާނީ އަޑުގަދަކުރީމާ" ކަމަށް ބުނެ ރައްދުދީފައެވެ. ކޮން ގައުމެއްގެ ކާކުކަން ނޭނގޭ އެމީހާ ދިވެހިބަހުން ވާހަކަދައްކަމުން އިތުރަށް ބުނެފައިވަނީ، ފުލުހުންނަށް އޭނާއާ "ނުކުޅެވޭނެ" ކަމަށާއި ސްޓިކާ ޖެހި މައްސަލަ ޔޫއެން ނުވަތަ އ.ދއަށް ހުށަހަޅާނެ ކަމަށެވެ.
ޝަހީދު ހުސައިން އާދަމް ބިިލްޑިންގ ތެރޭގައި އަޑުގަދަކޮށް ފުލުހުންނާ އަރާރުންވި މީހާގެ އިތުރު ވީޑިއޯއެއްވެސް ސޯޝަލްމީޑިއާގައި އެބަ ދައުރުވެއެވެ. އެވީޑިއޯއިން ފެންނަނީ އޭނާގެ ސައިކަލު ޓެކްސީއެއް ކުރިމައްޗަށް މަޑުކޮށް، ޓެކްސީ ކުރިއަށް ދިއުމަށް ހުރަސްއަޅައި ޖެއްސުންކުރާ މަންޒަރެވެ.
ފުލުހުންގެ އިދާރާގެ ތެރޭގައި އަޑާއި މަންޒަރު ރެކޯޑުކުރުމަކީ އާންމުންނަށް މަނާ ކަމެކެވެ. ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯއާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލްއާ ސުވާލުކުރުމުން ވިދާޅުވީ، ޝަހީދު ހުސައިން އާދަމް ބިިލްޑިންގ ތެރޭގައި ވީޑިއޯކުރި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އިތުރު މައުލޫމާތެއް ނުދެއްވާތީ، ފުލުހުންގެ އިދާރާގައި އަޑުގަދަކޮށް ފުލުހުންނާ ހުތުރުބަހުން މުހާތަބުކުރި މީހާއަށް އެއްވެސް ފިޔަވަޅެއް އެޅިކަން ނުވަތަ ނާޅާކަން ސާފެއް ނޫނެވެ.
ބައެއް ގައުމުތަކުގައި ފުލުހުންނަށް އިހުތިރާމް ކުޑަކޮށްފިނަމަ އެމީހަކު ވަގުތުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދެއެވެ.
އާންމުވެފައިވާ ވީޑިއޯތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމީހާއަށް އަމާޒުވެފައިވާއިރު، އެއީ ކާކުކަން އަދި ސާފެއް ނުވެއެވެ. އޭނާ ބުނާ ގޮތުން އޭނާއަކީ ދޭސީއެއް ނޫނެވެ.
އެވެސް ދެރަ ނިކަމެއްޗެއްނަމަ ފުލުހުންންގެ ވާޖިބަށް ހުރަސް އެޅީކަމުގައި ބަލާ ހައްޔަރުކުރީސް
ޢެންމެފަހުން ތި ކުއްވެރިވީ ވީ.ޑި.އޯ ކުރިމީހާވިއްޔަ..
ވާހަކަދައްކާ ގޮތުން ހީވަނީ އެމެރިކާ ކުއްޖެއްހެން، ދިވެހި ބަހުން ކޮރު ޖަހަމުން އެ ވާހަކަ ދައްކާލެވުނީވެސް
އޭނާ އަކީ މޮޔައެއް
މީހަކުައަތުން ކަރާގަނޑެއް ކާންއުޅޭމީހެއްތީ