އުރީދޫ މޯލްޑިވްސް އިން ރަމަޟާން މަހަށް ހާއްސަކޮށްގެން ބާއްވާ އުރީދޫ ބޮކި ބޯޅަ މުބާރާތް ފަށައިފިއެވެ.
މި މުބާރާތް ފައްޓަވައިދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ. އުރީދޫ ބޮކި ބޯޅަ - ބަމްޕަރ ބޯލް ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ މޮޅު ބައެއް ކޯޕަރޭޓް ޓީމުތައް ވާދަކުރާއިރު، އެއް ވަނައަށް ދާ ޓީމަށް ލިބެނީ 20،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
މި މުބާރާތް ފެށުނީ ކްރޮސްރޯޑްސް މޯލްޑިވްސް އިން ޓެކްކާސްއާ ދެކޮޅަށް ކުޅުނު މެޗުން ބަމްޕާ ބޯލްސްގައި އެ ޓީމުތަކުގެ ހުނަރު ދައްކައި 2-0 ކްރޮސްރޯޑްސް މޯލްޑިވްސް އިން މެޗް ކާމިޔާބުކޮށްގެންނެވެ. ދެވަނަ މެޗުގައި ބްރޮލާޒް (ރޭޖް ފިޓްނަސް) އާއި ޓްރީ ޓޮޕް ހޮސްޕިޓަލް އީއާރުސީ ބައްދަލުކުރިއެވެ. ބްރޯލާޒް ވަނީ މެޗު ފެށުނީއްސުރެ ނިމެންދެން މެޗުގައި މޮޅު ކުޅުމެއް ދައްކާ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. ފަހު މެޗުގައި ޝަވިޔަނި ޓީމާއި ޓެކާސް ބައްދަލުކުރި ވާދަވެރި މެޗު ނިމުނީ 1-0 އިން ޓެކާސް މޮޅުވެގެންނެވެ.
މުބާރާތުގެ ކޮންމެ މެޗެއް ވެސް 10 މިނެޓަށް ދެމިގެންދާއިރު، ތިން މިނެޓުގެ ބްރޭކަކާއެކު ދެ ހާފް ހިމެނޭނެ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެނަމަ ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެ އެވެ. ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެ އެވެ.
މުބާރާތުން މޮޅުވާ ޓީމްތަކަށް ހާއްސަ އަގުހުރި އިނާމުތަކެއްވެސް ވަނީ ކަނޑައަޅާފައެެވެ. އެގޮތުން އެއްވަނަ އަށް ދާ ޓީމަކަށް 20،000 ރުފިޔާ، ދެ ވަނަ އަށް ދާ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ދާ ޓީމަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހޮނިހިރު ދުވަހުގެ ރޭގަނޑު09:00 ގައި ގްރޫޕް ސްޓޭޖުގެ ބާކީ ހުރި މެޗުތަކަށް ފަހު ފައިނަލް މެޗުގައި ބައްދަލުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ ހޯދާ ޓީމުތަކެވެ. އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕަރ ފުޓްބޯޅައެވެ.