އަނެއްކާވެސް، ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ގިނަ އަދަދެއްގެ މީހުން ގުޅިއްޖެއެވެ.
އެޕާޓީގެ އިދާރާއިން މިއަދު ބުނީ، ޖުމްހޫރީ ޕާޓީއާ ގިނަ އަދަދެއްގެ ބޭފުޅުން އަލަށް ގުޅިވަޑައިގެންފައިވާ ކަމަށެވެ. އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންގެ މެމްބަރޝިޕް ފޯމްތަކާ ހަވާލުވެވަޑައިގެން، އެބޭފުޅުންނަށް މަރުހަބާ ދެއްނެވީ ޑެޕިއުޓީ ލީޑަރ އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ކަމަށްވެސް އެޕާޓިންވަނީ ބުނެފައެވެ.
އަލަށް ޖޭޕީއާ ގުޅުނު މީހުންގެ ތެރޭގައި، އެކިއެކި ދާއިރާތަކުން ފުންނާބުއުސް ކަނބަލުންނާއި ކަލުން ހިމެނެއެވެ.
މިފަހުން ގިނަ އަދަދެއްގެ ބަޔަކުވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ. އަދިވެސް، ގިނަ އަދަދެއްގެ ބަޔަކު އެޕާޓީއާ ގުޅުމުގެ ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖޭގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޖުމްހޫރީ ޕާޓީގައި 23،000އަށް ވުރެ ގިން މެމްބަރުން ތިބެއެވެ.
ޖުމްހޫރީ ޕާޓީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ހަރަކާތްތެރި އެއް ސިޔާސީ ޕާޓީވެސް މެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ކެމްޕެއިންގެ ކަންކަންވަނީ ބޭފުޅަކާ ހަވާލުކޮށްފައެވެ.
އެގޮތުން އިންތިޚާބުގެ ކެމްޕެއިން ޕްލޭންކުރުން ނުވަތަ ރޭވުން ހަވާލުކޮށްފައިވަނީ އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއެވެ. އޭގެ އިތުރުން، ޖޭޕީން އަންނަނީ މެމްބަރުން އިތުރުކުރުމުގެ ގިނަ ހަރަކާތްތަކެއްވެސް ހިންގަމުންނެވެ.