21 އޭޕްރީލް 2023 ވާ ހުކުރު ދުވަހަކީ ދިވެހިޜާއްޖެއަށް މިއަހަރުގެ ފިޠުރު ޢީދު ދުވަސްކަމަށް ކަނޑައަޅައިފިއެވެ.
މިކަން ކަނޑައަޅައި އިއުލާން ކުރައްވާފައިވަނީ، ހަނދު ސާބިތުކުރުމާ ބެހޭ ކޮމިޓީން މިރޭ ބޭއްވި ޖަލްސާއަށްފަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހްމަދު ޒާހިރު އަލީއެވެ.
ބުރާސްފަތި ދުވަހުގެރޭ 8:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ ބޭއްވި ހަނދު ސާބިތު ކުރުމުގެ ޖަލްސާއަށްފަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު ޢަލީ ވިދާޅުވީ، މިއަދުގެ އިރުއޮއްސޭ ވަގުތު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށާއި، އިސްލާމީ ގައުމުތަކަށްވެސް 1444 ވަނަ އަހަރު ޝައްވާލު މަހުގެ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ބައެއް އިސްލާމީ ގައުމުތަކަށް މިއަދު އިރުއޮއްސުމުގެ ފަހުގައި 1444 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނިފައިވާ ކަމުގެ މައުލޫމާތު ރަސްމީގޮތުން ލިބިފައިވާ ކަމަށެވެ.
އެހެންކަމުން، ރަމަޟާން މަހާއި ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުަގައިވާ ގޮތުގެ މަތިން މާދަމާ (ހުކުރު ދުވަހަކީ) ފިޠުރު އީދު ދުވަސް ކަމުގައި ކަނޑައަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.