އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތިން ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
މިކަމާގުޅިގެން ރައީސް އޮފީހުން ބުނީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ހުސްވެފައިވާ 4 މަޤާމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަންޖެހޭ 3 ބޭފުޅަކު އައްޔަނުކުރައްވާފައިވާއިރު، އެ ތިން ބޭފުޅުންނަކީ ޑރ.އަބްދުސައްތާރް އަބްދުއްރަހްމާނާއި، ޑރ.އިބްރާޙިމް ޒަކަރިއްޔާ މޫސާގެ އިތުރުން ޝައިޚް އިލްޔާސް ޙުސައިން ކަމަށެވެ.
ކޮމިޓީގައި މިހާރު ހުސްކޮށް އޮތީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން ޢައްޔަންކުރައްވަން ޖެހިވަޑައިގަންނަވާ މެންބަރެވެ.
ދީނީ މައްސަލަތަކުގައި ހާއްސަކޮށް ހިލާފު އުފެދޭ މައްސަލަތަކުގައި ފަތުވާ ނެރުމުގެ ޒިންމާ ހަވާލުކޮށް އެންމެ ފުރަތަމަ ފަތުވާ މަޖިލީހެއް އެކުލަވާލީ 2015 ވަނަ އަހަރުއެވެ.
ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހަށް މެމްބަރުން އެކުލެވިގެން ވަނީ ރައީސް އައްޔަން ކުރާ ހަތަރު މެންބަރަކާއި މިނިސްޓަރުގެ ލަފާ މަތިން އައްޔަން ކުރާ އެއް މެންބަރުގެ މައްޗަށެވެ. ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިއީ ފަތުވާ މަޖިލީހަށް އައު މެމްބަރުން އައްޔަންކުރެއްވި ފުރުތަމަ ފަހަރެވެ.