ކްރޮސްރޯޑްސް މޯލްޑިވްސްއިން ދުނިޔޭގެ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހަރަކާތްތަކެއް ކުރިއަށްގެންދަން ރާވައިފިއެވެ.

އިންޑިޔާ ކަނޑުގެ ފުރަތަމަ އަދި ހަމައެކަނި މަލްޓި އައިލެންޑް، އިންޓަގްރޭޓެޑް ލެޝަރ ޑެސްޓިނޭޝަންގައި މިހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10 ޖޫން 2023 ގައެވެ. 2012 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގައިވެސް 10 ޖޫން ފާހަގަކުރަނީ ދުނިޔޭގެ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްއިން ދުނިޔޭގެ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނައިރު، އެ ދުވަހަށް ތާވަލުކޮށްފައިވާ ހަރަކާތްތަކުގެ ތެރޭގައި "ޑާންސްމެޖެންޓާ" ގެ ނަން ދީފައިވާ ޑާންސް ޕްރޮގްރާމެއް ހިމެނެއެވެ. މިއީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ބައިވެރިވެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގުރާމެކެވެ. ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަމާންޑާ ހޯސްޓްކުރާ ޑާންސްމެޖެންޓާ ޕްރޮގުރާމްގެ ސެޝަންތައް ފެށުމަށް ހަމަޖެހިފައިވަނީ ދަ މެރީނާ އެޓް ކްރޮސްރޯޑްސްގައި އެ ދުވަހުގެ ހަވީރު 4:30 ގައެވެ.

މީގެ އިތުރުން، ފަސް ތަރީގެ ލައިފްސްޓައިލް ރިސޯޓް ސާއީ ލެގޫން މޯލްޑިވްސް، ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން އިން ވެސް ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ދުނިޔޭގެ ދުޅަހެޔޮކަމުގެ ދުވަހުގައި ކޮމްޕްލިމެންޓްރީ ޑާންސް ކްލާސްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މި ހަރަކާތްތައް ފެށޭނީ ބީޗް ކްލަބުގައި އޮންނަ "ސަންސެޓް ޔޯގާ" ސެޝަންއަކުންނެވެ. މީގެ އިތުރުން "އިވްނިން ވޯކް" އަދި "ހެލްދީ ޑިނަރ"ވެސް ތަޖުރިބާކުރުމުގެ ފުރުސަތު އެތަނުން ލިބިގެންދާނެއެވެ.

ހަމައެހެންމެ، ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގައި ވެސް ހާއްސަ ހަރަކާތްތަކެއް އެދުވަހު ކުރިއަށްގެންދާނެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ހަރަކާތްތަކަށް ބަލާއިރު، "ޑާންސް ވިތު އުޔރަ ތޯޓްސް"، "އޭރިއަލް އާޓްސް ބިގިނާސް ކްލާސް" ފަދަ ހަރަކާތްތައް ހިމެނެއެވެ. މިހަރަކާތްތަައް ކުރިއަށްދާއިރު ސިއްހަތަށް ރަނގަޅު ހަށިގަނޑަށް ފައިދާހުރި ބުއިންތައް ތަޖުރިބާކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ޓޮލްގާ އުނާން ވިދާޅުވި ގޮތުގައި، ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމަށް އަހައްމިއްޔަތުކަން ދޭ ބައެއްކަމަށެވެ. އަދި މިހަރަކާތްތަކަކީ ހުރިހާ މެހެމާނުންނަށް ވެސް އުފާވެރި، ދުޅަހެޔޮކަމުގެ ފައިދާ އިހުސާސް ކުރެވޭ ހަރަކާތެއް ކަމުގައި ވެގެންދާނެކަމަށް އޭނަ ވިދާޅުވިއެވެ. އެހެންވީމާ، 2023 ވަނަ އަހަރުގެ ގްލޯބަލް ވެލްނެސް ޑޭ ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އޭނާ އެދިލައްވައެވެ.

އިތުރު މައުލޫމާތު: crossroadsmaldives.com