މިއަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި ލިބޭ ބަންދުގެ ތެރޭގައި ހިމެނޭ ޖޫންމަހުގެ 26 ވާ ހޯމަ ދުވަހު ބޭންކްތަކުގެ ހިދުމަތް ލިބޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.
މަރުކަޒީ ބޭންކުން ބުނީ އަޟްހާ އީދު އަދި ހަފްތާ ބަންދާއި ގުޅިގެން ޖޫންމަހުގެ 25 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހަށް ސަރުކާރު ބަންދުވިޔަސް އެމްއެމްއޭއާއި ބޭންކްތައް ޖޫންމަހުގެ 26 ވަނަ ދުވަހު ހުޅުވިފައި ހުންނާނެކަމަށެވެ.
ޖޫންމަހުގެ 26 ވަނަ ދުވަހު އެމްއެމްއޭއިން އާއްމުންނަށް ދޭނީ ފައިސާ ބަލައިގަތުމާއި ފައިސާ ދޫކުރުމުގެ ހިދުމަތުގެ އިތުރުން ސިޓީ އާއި ތަކެތި ބަލައިގަތުމުގެ ހިދުމަތެވެ. މި ހިދުމަތްތައް ދެމުންދާނީ ހެނދުނު 8:30 އިން ފެށިގެން މެންދުރު 2:00 އަށެވެ. މި ހިދުމަތްތައް ދެމުންދާނީ ކުރިއެކޭވެސް އެއްގޮތައް އެޕޮއިންޓްމަންޓް އުސޫލުންކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
ސަރުކާރުގެ ގާނޫނު ބުނާގޮތުން ބަންދު ދުވަސްތައް ފަސްދުވަހަށްވުރެ އިތުރުވި ނަމަވެސް ބޭންކްތައް ބަންދުކޮށްފައި ފަސްދުވަހަށްވުރެ އިތުރަކަށް ނުބެހެއްޓޭނެއެވެ.
ކަލަންޑަރުގައި ވާގޮތުން، މި އަހަރުގެ ހައްޖު ދުވަހަކީ ޖޫންމަހުގެ 27 ވަނަ ދުވަހެވެ. އަދި އީދު ދުވަހަކީ ޖޫން މަހުގެ 28 ވަނަ ދުވަހެވެ.