ޝަންގްރިލާގެ ހޮޓެލް ޖެން މޯލްޑިވްސްއިން މިއަހަރުގެ ރަމަޟާން މަހު ރޯދަ ވިއްލައިގެން ހޯދުމަށް ހުޅުވާލި ދުބާއީއަށް ދިއުމުގެ އަގުހުރި ފުރުސަތު ލިބޭ ނަސީބުވެރިޔާ ހޮވައިފިއެވެ.

ހޮޓެލް ޖެންގައި ހޯމަ ދުވަހު އޮތް ހަފުލާއެއްގައި ހޮޓެލް ޖެންގެ ރަމަޟާން ލަކީ ޑްރޯގެ ނަސީބުވެރިޔާ ހޮވާފައިވާއިރު، އެ ނަސީބުވެރިޔަކީ މުހައްމަދު އަޒްމީ، މ. ބާރަނަ، މާލެއެވެ. އެހޮޓެލުން މިހާރުވަނީ އަޒްމީއަށް ވައުޗަރ ހަވާލުކޮށްފައެވެ.

އޭނާއަށް ދީފައިވަނީ ދުބާއީގައި ހުންނަ ޝަންގްރިލާ ހޮޓަލުގައި ދެ ބޭފުޅަކަށް ދެ ރެއާއި ތިން ދުވަސް ހޭދަކުރުމުގެ ފުރުސަތެވެ.

ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް މިފަހަރު ވެސް ހޮޓެލް ޖެންގެ އިފްތާރު މެނޫ ބައްޓަންކުރީ، ދިވެހިންނަށް ކަމުދާފަދަ، ދިވެހިންގެ މެދުގައި މަގުބޫލު ކުޒީންތަކެއް ހިމަނައިގެންނެވެ. އެގޮތުން އޭޝިއަން، މިޑްލް އީސްޓާން އަދި މެޑިޓޭރިއަން ގައުމުތަކުގެ ކުޒީންތައް މިފަހަރުގެ ހޮޓެލް ޖެން އިފްތާރު މެނޫގައި ހިމެނިއެވެ.

މީގެއިތުރުން އެ ހޮޓެލުން މިއަހަރުގެ ރޯދަމަހު ވަގުތުން ކައްކައި، ތާޒާކޮށްވެސް ބައެއް ކެއުންތައް ލިބެން ހުއްޓެއެވެ. މި މެނޫތަކުގައި ކޮންމެ ދުވަހަކުވެސް ސްޕެޝަލް އެކްޝަން ސްޓޭޝަނަކާއި ޑެޒާޓް ބާއެއްވެސް ހިމަނާފައި ވެއެވެ.

"ވީނިއުސް"އާ ވާހަކަދައްކަވަމުން ހޮޓެލް ޖެންގެ އެސިސްޓަންޓް މާކެޓިންގް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ފާތިމަތު ޒީން މުހައްމަދު ވިދާޅުވީ، ހޮޓެލް ޖެންގެ އިފްތާރު މެނޫ ބައްޓަންކުރީ، ދިވެހިންނަށް ކަމުދާފަދަ، ދިވެހިންގެ މެދުގައި މަގުބޫލު ކުޒީންތަކެއް ހިމަނައިގެން ކަމަށާއި ޖެން އިން މިފަހަރުވެސް އިފްތާރު ވައުޗަރު ތައާރަފުކުރި ކަމަށެވެ. މިއީ އެހެން ބޭފުޅަކަށް އިފްތާރެއް ހަދިޔާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ތައާރަފުކުރި ވައުޗަރެއް ކަމަށް ޒީން ވިދާޅުވިއެވެ.

ޒީން ވިދާޅުވީ، މިއަހަރުގެ ރޯދަމަހުވެސް ގިނަ ބައެއްގެ ތަރުހީބު ހޮޓެލް ޖެންއަށް ލިބިގެންދިޔަ ކަމަށެވެ. ޒީންވަނީ އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ރޯދަމަހުވެސް ދިވެހިންނަށް ކަމުދާނެފަދަ ކުޒީންތަކަކާއެކު ހޮޓެލް ޖެންގައި ރޯދަ ވީއްލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވިދާލުވެފައެވެ.