އުރީދޫ މޯލްޑިވްސްގެ ޕަބްޖީ ޗެމްޕިއަންޝިޕްގެ ވައިލްޑް ކާޑް ރައުންޑްގައި ބައިވެރިވުމަށް ރަޖިސްޓަރވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

ވައިލްޑް ކާޑް ރައުންޑްގައި ބައިވެރިވުމަށް 25 މޭ 2023 ގެ ކުރިން ރެޖިސްޓަރވެވޭނެއެވެ. ވައިލްޑް ކާޑަކީ 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕަށް ކޮލިފައިވުމުގެ ފަހުގެ ފުރުސަތެވެ. ވައިލްޑް ކާޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 25 މޭ 2023 ގެ ދަންވަރު 12:00 ގެ ކުރިން http://ore.do/pubgwildcard މެދުވެރިކޮށް ރެޖިސްޓަރ ކުރަންވާނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ވައިލްޑް ކާޑްއަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު ޖޫން މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ލިބޭ އެންމެ ފަހުގެ ކޮލިފައިންގް ޓޯނަމަންޓްއެވެ.

2022 ވަނަ އަހަރުން ފެށިގެން ކޮންޓެންޑަރ ކޮލިފައިންގް ސިލްސިލާއެއް ބާއްވާ މިހާރު ވަނީ 9 ޓީމަކުން އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ޖާގަ ހޯދާފައެވެ. ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ވައިލްޑް ކާޑްގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓޯނަމަންޓްގައި ވާދަކުރެވޭނެއެވެ.

26 މޭ 2023 ގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 250 ރުފިޔާ ގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތާއި ޓީމް ލޯގޯ 25 މޭ 2023 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ.

ވައިލްޑް ކާޑްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ގަދަ ހަތް ޓީމަކަށް ބާކީ ހުރި ޖާގަ ލިބިގެންދާނެއެވެ.

ވައިލްޑް ކާޑަށް ރެޖިސްޓަރ ވުމަށް http://ore.do/contender ޒިޔާރާތްކޮށްލާށެވެ.