މިއަހަރުގެ އޯލެވެލް އަދި އޭލެވެލް އިމްތިހާނުން ދަރިވަރުން ހޯދަމުން އަންނަ ކާމިޔާބީތަކުގެ އުފާ ގިނަ ބަޔަކު ފާޅުކުރަމުންދާއިރު މިކުދިންނަށް އެހެން އުފާވެރި ހަބަރެއްވެސް އެބައޮތެވެ. ކާމިޔާބުކަމާއެކު އޯލެވެލް އަދި އޭލެވެލް ނިންމާލުމަށްފަހު މަތީ ތަޢުލީމީ ޙަޔާތުގެ ކުރިމަގު ތަރައްޤީކުރުމަށް ބޭނުންވާ ގިނަ ދާއިރާތަކުން މެޕްސް ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު މި ދަރިވަރުންނަށް އެބައޮތެވެ.

މެޕްސް ކޮލެޖަކީ، މަތީ ތަޢުލީމު ޙާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ހުރި ކޮލެޖަކަށްވާއިރު މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ "ފަރސްޓް ޑިގްރީ ގްރާންޓް ސްކީމް"އަށް ފެތޭ ކޯސްތަކެކެވެ.

ކާމިޔާބުކަމާއެކު މެޕްސް ކޮލެޖުގައި ހިންގާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމްތަކުގެތެރޭގައި، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގް، މާކެޓިންގް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޓުއަރިޒަމް މެނޭޖްމަންޓް އަދި ޕްރޮކިއޮމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް ހިމެނެއެވެ. މި ކޯސްތަކާއެކު ބައިނަލް އަޤްވާމީ ދުނިޔޭގެ މަޤުބޫލުކަން ހޯދާފައިވާ އެސޯސިއޭޝަން އޮފް ޗަރޓަޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) ކޯސްތައްވެސް މެޕްސް ކޮލެޖުގައި ހިންގައެވެ.

އޯލެވެލް ކާމިޔާބުކަމާއެކު ނިންމާފައިވާ ދަރިވަރުންނަށް މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާއިރު، މިކޯސް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު ބެޗެލަރސް ޑިގްރީގެ ކޮންމެ ދާއިރާއަކުންވެސް ދަރިވަރުންނަށް ކުރިޔަށްދެވޭނެއެވެ. އޭލެވެލްގެ 2 ފާސް ނުވަތަ އޭލެވެލްގެ ދިވެހި އަދި އިސްލާމް މާއްދާއިން "ސީ" ފާހަށްވުރެ މަތިން ފާސްވެފައިވާ ދަރިވަރުންނަށް މެޕްސް ކޮލެޖްގެ ބެޗެލަރސް ޑިގްރީގެ ކޮންމެ ކޯހެއްގައިވެސް ބައިވެރިވެވޭނެއެވެ.

މީގެއިތުރުން އޭލެވެލް ފާސް ނެތްފަރާތްތަކަށް ލިބިފައިވާ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއާއެކު އޯލްޓަނޭޓިވް އެންޓްރީއެއްގެ ދަށުން ބެޗެލަރސް ޑިގްރީގައި ކިޔެވުމުގެ ފުރުޞަތުވެސް މެޕްސްކޮލެޖުން ލިބިގެންދާނެއެވެ. ކާމިޔާބުކަމާއެކު އޯލެވެލް ނިންމާލާފައިވާ ދަރިވަރުންނަށް އޯލެވެލްގެ 3 ފާސް އާއެކު އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ބައިވެރިވެވޭނެއެވެ.

މެޕްސް ކޮލެޖުން ހިންގާ މިކޯސްތަކުގެތެރެއިން އެޑްވާންސްޑް ސެޓްފިކެޓް އަދި ބެޗެލަރސް ޑިގްރީގެ ކޯސްތަކަކީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅެމުންވެސް އޮންލައިންކޮށް ކިޔެވޭނެ ކޯސްތަކެކެވެ. އޮންލައިންކޮށް މެޕްސް ކޮލެޖުން ހިންގާ ހުރިހާ ކޯސްތަކަކީވެސް މެޕްސް ކޮލެޖުގައި ފޭސްޓު ފޭސްކޮށްވެސް ހިންގާ ކޯސްތަކެކެވެ.

މެޕްސް ކޮލެޖުން ހިންގާ އޮންލައިން ކޯސްތަކަކީ އަތޮޅުތެރޭގައި ދިރިއުޅޭ ދަރިވަރުންގެ އިތުރުން މާލެ ސަރަޙައްދުގައި ދިރިއުޅޭ ދަރިވަރުންގެ މެދުގައިވެސް ވަރަށްބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކޯސްތަކެކެވެ. މެޕްސް ކޮލެޖުގެ ކުރިޔަށްއޮތް އޯގަސްޓް 2023 އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މިއަހަރުގެ ޖުލައި މަހުގެ 23އާ ހަމައަށް މިކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެއެވެ.

މީގެއިތުރުން އެކައުންޓިންގް ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް މިއަހަރުގެ ޖުލައި މަހުގެ 3އާ ހަމައަށް އެކައުންޓިންގް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. އޯލެވެލް އަދި އޭލެވެލް ނިންމާލުމަށްފަހު މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންގެތެރެއިން ކުރިޔަށްދާން ބޭނުންވާ ދާއިރާއާއި ގުޅޭގޮތުން އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށްވެސް އެކުދިން ކުރިޔަށްދާން ބޭނުންވާ ދާއިރާ ޚިޔާރުކުރުމުގައި މެޕްސް ކޮލެޖުން އެހީތެރިވެދޭނެއެވެ.

މިހުރިހާ މަޢުލޫމާތުތަކެއްވެސް މެޕްސް ކޮލެޖުގެ ވެބް ސައިޓް މެދުވެރިކޮށް ލިބޭނެއެވެ. ހަމައެއާއެކު ކޮލެޖުގެ ނަމްބަރު 3314621އަށް ގުޅާލުމުންވެސް މެޕްސް ކޮލެޖުން ހިންގާ ކޯސްތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ.

މެޕްސް ކޮލެޖަކީ، 2019ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އޮންލައިންކޮށް މަތީ ތަޢުލީމު އުނގަންނައިދިނުމުގެ ޚިދުމަތް ދެމުން އަންނަ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ. މެޕްސް ކޮލެޖުން ހިންގާ ހުރިހާ ކޯސްތަކަކީވެސް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ހުއްދައާއެކު އެއޮތޯރިޓީގެ ޤަވާޢިދުތަކާ އެއްގޮތަށް ހިންގާ ކޯސްތަކެކެވެ.