ރަމަޟާން މަހަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަންގެ އެންމެ އަގު ހުރި އިނާމު ހޮންޑާ ސްކޫޕީ ސައިކަލުގެ ނަސީބުވެރި ފަރާތާއި ސައިކަލް ހަވާލު ކޮށްފިއެވެ.
ސައިކަލް ހަވާލު ކޮށްދީފައިވަނީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ޙާލިދް އަލް ހަމާދީ ބްރިޖް ވިއުވިންގް ޕެލެޓްފޯމްގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. ހަބޭސް ބޮޑުބެރުގެ ހަރަކާތްތަކުން ފެށުނު މި ހަފްލާގައި އިނާމު ހަވާލުކުރުމުގެ އިތުރުން ހަދިޔާ ފޮށީގެ ތީމާއި އެއްގޮތައް ސްޕިން ދަ ވީލް ގޭމެއްގައި ބައިވެރިވެގެން އިތުރު ހަދިޔާތައް ހޯދުމުގެ ފުރުސަތުވެސް އެސަރަހައްދުގައި ތިބި ފަރާތްތަކަށް ލިބިގެންދިޔައެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ނިމިދިޔަ ބަރަކާތްތެރި ރަމަޟާން މަހު ކަސްޓަމަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް ހަދިޔާ އެއް ދެވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. ކަމަށެވެ.
އަދި ހަދިޔާ ފޮށިން އަގުހުރި އިނާމުތައް ލިބިވަޑައިގެންނެވި ނަސީބުވެރި ފަރާތްތަކަށް މަރުހަބާ ވިދާޅުވެ އޭނާ ވަނީ މިދެވުނު ހަދިޔާތަކަކީ ކަސްޓަމަރުންނަށް ކަމުދިޔަ ހަދިޔާތަކެއް ކަމަށް އެއްމީދުކުރައްވާ ވިދާޅުވެފައެވެ.
"ހަދިޔާ ފޮށި" ގޭމަކީ އުރީދޫ އެޕްމެދުވެރިކޮށް އެއް މަސް ދުވަހުގެ މުއްދަތަށް ރަމަޟާން މަހު ކުރިއަށް ގެންދިޔަ ގެމިފައިޑް ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ރަމަޟާން މަހު ކޮންމެ ދުވަހަކު ވެސް އަގުހުރި ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ފަހިކޮށްދިނެވެ.
މި ޕްރޮމޯޝަންގައި 1 ޓީބީއާ ހަމައަށް ހިލޭ ޑޭޓާ، ސްކޫޕީ ސައިކަލު، އައިޕޯން، ސޯފާ، ސްމާޓް ޓީވީ، ލެޕްޓޮޕް، ހޯމްޕޮޑް މިނީ، ބަދިގެއަށް ބޭނުންވާ ސާމާނު ފަދަ އަގުހުރި ހަދިޔާތައް ހިމެނެއެވެ. ދުވާލަކު އެއްފަހަރު ކުޅެވޭ މި ހާދިޔާ ފޮށި ގޭމުން ކޮންމެ ދުވަހަކުވެސް ކޮންމެ ކަސްޓަމަރަކަށްވެސް ހަދިޔާ ކޮންމެވެސް ހަދިޔާ އެއ ލިބޭ އިރު، އުރީދޫ ގެ ކަސްޓަމަރުންގެ ތެރެއިން 75 އިންސައްތައަށް ވުރެ ގިނަ ކަސްޓަމަރުން ވަނީ މި ގޭމުގައި މުޅި ރަމަޟާން މަހުގެ ތެރޭގައި ބައިވެރިވެފައެވެ.
ހަދިޔާ ފޮށި ކުޅެގެން އަގުހުރި އިނާމުތައް ހޯދި ފަރާތްތަކާ އިނާމުތައް ރަމަޟާން މަހުގެ ތެރޭގައިވެސް ހަވާލުކުރެވެމުން ދިޔައިރު، ޢީދަށް ފަހު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ވަނީ ހަވާލުނުވެ ހުރި ކަސްޓަމަރުންނާ އެ ހަދިޔާތައް ހަވާލު ކޮށްފައެވެ.
ފެންވަރު ރަނގަޅު ހިދުމަތްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތަކާއި ހިދުމަތްތައް މެދުނުކެނޑި ތައާރަފްކޮށް ކަސްޓަމަރުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސް ދެއެވެ.