އިސްލާމް ދީނުގައި އޮންނަ ގޮތުން ނަމަ، ކޮންމެ މީހަކަށްވެސް ރަނގަޅު މާނައެއްވާ ނަމެއް ކިޔަންޖެހެއެވެ. ނަމަވެސް ބައެއް މީހުން ވަނަން (ނިކްނޭމް) ބޭނުންކުރެވެ. ދީނީގޮތުން މިއީ ކޮން ކަހަލަ ކަމެއްތޯ ތިބާގެ ހިތުގައި އުފެދޭ ސުވާލަަކަށް ވެދާނެއެވެ.

އަސްލަށް ބަލާއިރު މީހުންނަށް ގޮވަންޖެހޭނީ އެމީހަކު އެންމެ ހިތްއެދޭ އަދި ރުހޭ ނަމަކުންނެވެ. ޢާއްމު ގޮތެއްގައި މީހުންނަށް ކިޔާ އުޅޭ ވަނަންތަކަށް ބަލާއިރު، ވަނަން ކިޔާއުޅެނީ އެމީހެއްގެ ހުންނަ ސިފަޔަކާ ގުޅުވައި ނުވަތަ އެނޫންވެސް ގޮތަކުންނެވެ. [މަޖަލަށް ނޫނީ ދިމާ ކުރުމުގެ ގޮތުންނެވެ.] އެހެންކަމުން އެ ވަނަން ރައްދުވާ މީހާ ރުހުނު ކަމުގައި ވިޔަސް އެ ނަމަކުން ގޮވުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވާނެއެވެ. އަދި ޚާއްޞަކޮށް އެ ނަމަކީ އޭނާ ނުރުހޭ ނަމެއް ކަމުގައި ވާނަމަ އެއީ ދީނުގައި މަނާކުރައްވާފައިވާ ކަމެކެވެ.

މާތް ﷲ ވަޙީކުރައްވަނީ يَا أَيُّهَا الَّذِينَ آَمَنُوا لَا يَسْخَرْ قَومٌ مِنْ قَوْمٍ عَسَى أَنْ يَكُونُوا خَيْرًا مِنْهُمْ وَلَا نِسَاءٌ مِنْ نِسَاءٍ عَسَى أَنْ يَكُنَّ خَيْرًا مِنْهُنَّ وَلَا تَلْمِزُوا أَنْفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ وَمَنْ لَمْ يَتُبْ فَأُولَئِكَ هُمُ الظَّالِمُونَ [ސޫރަތުލް ހުޖުރާތުގެ 11 ވަނަ އާޔަތް]

”އޭ އީމާންވީ މީހުންނޭވެ! ފިރިހެނުން އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާ ހުށިކަމެވެ. އެފުރައްސާރަކުރި މީހުންނަށްވުރެ ފުރައްސާރަ ރައްދުވާ މީހުން [މާތް ﷲ ގެ ޙަޟްރަތުގައި] މާ ހެޔޮކަން ބޮޑު ބަޔަކު ކަމުގައިވެސް ވެދާނެއެވެ. އަދި އަންހެނުން އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަނުކުރާ ހުށިކަމެވެ. އެފުރައްސާރަކުރި މީހުނަށްވުރެ އެފުރައްސާރަ ރައްދުވާ މީހުން [މާތް ﷲ ގެ ޙަޟްރަތުގައި] މާ ހެޔޮކަން ބޮޑު ބައަކު ކަމުގައިވެސް ވެދާނެއެވެ. އަދި ތިޔަބައިމީހުން އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ. [ޔަޢުނީ އެއްބަޔަކު އަނެއް ބަޔަކަށް ޢައިބު ނުކިޔާށެވެ.] އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭ ކަހަލަ ލަޤަބުތަކުން [ނަންތަކުން] ނުގޮވާށެވެ! އީމާންވުމަށްފަހު މިނަންގަނެވުން ކަންތައް ކުރުމުން ފާސިޤުވުމަކީ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. އެކަންތަކުން ތަޢުބާނުވި މީހުންނަކީ [އަމިއްލަ ނަފްސަށް] އަނިޔާ ކުރާ މީހުންނެވެ." - [ސޫރަތުލް ހުޖުރާތުގެ 11 ވަނަ އާޔަތުގެ ތަރުޖަމާ]

والله أ