މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގު ކަމަށްވާ، މަޖީދީ މަގުގައި ހުންނަ ޑިލައިޓް ފިހާރަ ހުންނަ އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.
މި ހާދިސާގެ މައުލޫމާތު ހިއްސާކޮށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ، މަޖީދީ މަގު ޑިލައިޓް ފިހާރައިގެ މަތީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޑިޕާާޓްމަންޓުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ޑިލައިޓް ފިހާރަ ހުންނަ އިމާރާތުގެ ފަސްވަނަ ފަންގިފިލާގައިކަން އިންފޮމޭޝަން އޮފިސަރ ހާމަކުރެއްވިއެވެ. އަދި މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ.
އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.