ރާއްޖޭގެ އިމިގްރޭޝަނަށް ހުށައަޅަންޖެހޭ ފޯމެއް ހުށައެޅުމުގައި މަކަރާއި ހީލަތުން އާންމުންގެ އަތުން ފައިސާ އަތުލާ މައްސަލައެއް ފެންމަތިވެ އެކަމަށް ސަމާލުވުމަށް އެ މުއައްސަސާއިން އިލްތިމާސްކޮށްފިއެވެ.
އިމިގްރޭޝަނުން ވަނީ، ރާއްޖެ އަންނަ އަދި ރާއްޖެއިން ބޭރަށް ފުރާ އެންމެހާ ފަރާތްތަކުން ހުށައެޅުމަށް ހަމަޖެހިފައިވާ "ޓްރެވެލާ ޑެކްލަރޭޝަން" ފޯމު ހުށައެޅުމުގައި ބައެއް ފަރާތްތަކުން އިތުރު ވެބްސައިޓްތައް މެދުވެރިކޮށް ދަތުރުވެރިންނަށް ހަގީގަތް އޮޅޭފަދަގޮތަކަށް ފައިސާ ނަގަމުން އަންނަކަން އިމިގްރޭޝަނަށް ފާހަގަވެފައިވާކަމަށް ބުނެފައެވެ.
އެހެންކަމުން ރައްކާތެރިކަމާއެކު "ޓްރެވެލާ ޑެކްލަރޭޝަން" ފޯމް ހުށައެޅުމުގައި އިމިގްރޭޝަންގެ "އިމުގާ" ޕޯޓަލްގެ ބޭނުން ހުރިހާ ރައްޔިތުންވެސް ހިފުމަށް އިމިގްރޭޝަނުންވަނީ ގޮވާލާފައެވެ.
އަދި "އިމުގާ" ވެބްސައިޓް ނޫން އެހެން ވެބްސައިޓްތައް ބޭނުންކޮށްގެން ފޯމް ނުފުރުމަށާއި މިއީ ހިލޭ ހުށައެޅޭނެ ފޯމެއްކަން އިމިގްރޭޝަނުންވަނީ ރައްޔިތުންނަށް ހަނދާންކޮށްދީފައެވެ.
ފުލުހުންގެ ހާމަކުރި މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތަފާސްހިސާބުތަކުން މިފަދަ މައްސަލަތައް ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އޮތްކަން ދައްކައެވެ.