އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވައިފިއެވެ.
މިއަދު ހެނދުނު ރައީސް ޞާލިޙްވަނީ އއ. އުކުޅަސް ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓިއާ ބައްދަލުކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި އެރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ރައީސް ވަނީ އޮޅުންފިލުއްވާފައެވެ. އަދި ދެފަރާތުން މަޝްވަރާކޮށް މައިގަނޑު ގޮތެއްގައި ވާހަކަދައްކާފައިވަނީ އުކުޅަހުގެ ތަރައްގީއާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުންނެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި އުކުޅަހުގައި ބޭއްްވި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތެވެ.
އެގޮތުން، އުކުޅަހުގައި ކުރިޔަށްދިޔަ 'ބީޓް ޕްލާސްޓިކް ޕޮލިއުޝަން' ފެސްޓިވަލް ބައްލަވާލައްވައި ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޯމަ ދުވަހުގެ ރޭ އުކުޅަހުގައި ބޭއްވި ރަސްމީ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތެވެ.
މީގެ އިތުރުން އުކުޅަހުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސެވުމުގެ ގޮތުން އެމަނިކުފާނުވަނީ ރަށުގެ ބެލެނިވެރި ފަރާތާ ބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.