މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ މާލެ ސަރަހައްދުގައި ބޮޑު އީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ލިސްޓުގައިވާ ގޮތުން މާފަންނު ސްޓޭޑިއަމްއާއި ހުޅުމާލޭ ސިންތެޓިކް ޓްރެކާއި ހުޅުމާލެ 2ވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމްގެ އިތުރުން ވިލިމާލެ ބޯޅަދަނޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެއެވެ.

މީގެ އިތުރުން މާލެ، ހުޅުމާލެ، ވިލިމާލެ އަދި ހުޅުލެ ހިމެނޭހެން އިތުރު 25 މިސްކިތެއްގައި އީދު ނަމާދުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

ބަރަކާތްތެރި ހައްޖުމަސް ފެށިގެން ކުރިއަށްދާއިރު ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ބޮޑު އީދު ދުވަސް ދިމާވަނީ އަންނަ ހަފްތާގެ ބުދަ ދުވަހަށެވެ.