މިއަހަރުގެ އަޟްޙާ ޢީދު އަހަރެމެންނާ ބައްދަލުކުރަން ކުޑަތަންވެފައިވާއިރު، މާލެ އަތޮޅުގައި ޢީދު ފޯރި އެންމެ ގަދަވާނެ އެއް ރަށަކީ ކ. ހުރާއެވެ.

ހުރާގެ ޢީދު ކުޅިވަރުތައް ގާތުން ދެކިލުމަށް ނުވަތަ އެ ނޫންވެސް ބޭނުމަކަށް އެރަށަށް ދާން ބޭނުންތޯއެވެ؟ ތިޔަ ހުރީ މާލޭގައި ކަމަށް ވަންޏާ ހާސްކަނޑާލާށެވެ. ހަފުތާގެ ކޮންމެ ދުވަހަކު ބުންޏަސް ދަތުރު ހަމަޖައްސައިދޭނެއެވެ. މިދައްކަނީ ހަފުތާގެ ހުރިހާ ދުވަހަކު މާލޭން ހުރާއަށް އަދި ހުރާއިން މާލެއަށް ދަތުރުކުރާ "ސީ ޝައިން" ގެ ވާހަކައެވެ. ފެންވަރު ރަނގަޅު ބާރު ދުވެލީގެ ލޯންޗުގައި މާލޭން ހުރާއަށް އަދި ހުރާއިން މާލެއަށް ދުވާލަކު ކޮޅަކަށް ތިން ދަތުރުކުރާނެއެވެ.

ހަފުތާގެ ކޮންމެ ދުވަހަކުވެސް ހެނދުނު 8:00، މެންދުރުފަހު 1:00 އަދި ހަވީރު 6:00 ގައި ހުރައިން މާލެއަށް ފުރާ ލޯންޗެއް ނައްޓާލާނެއެވެ. އަނެއްކޮޅުން، މެންދުރު 11:30، މެންދުރުފަހު 3:30 އަދި ރޭގަނޑު 10:15 ގައި މާލޭން ހުރާއަށް ފުރާ ލޯންޗެއް ނައްޓާލާނެއެވެ.

ކުރިއަށް މިއޮތީ ޢީދު ބަންދުގެ ދުވަސްތައްކަމުން ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި އިތުރު ދަތުރުތައްވެސް ބާއްވާނެ ކަމަށް "ސީ ޝައިން" އިން ބުނެއެވެ. "ސީ ޝައިން" ގެ ފަސް ލޯންޗެއް އޮޕަރޭޓްކުރާއިރު މިއިން ކޮންމެ ލޯންޗަކީވެސް ކަނޑަށް ހެޔޮވަރު، ތިބެލަން އަރާމު ލޯންޗުތަކެކެވެ.

"ސީ ޝައިން" ގެ ދަތުރުތަކުގެ އަގާއި އެނޫންވެސް މައުލޫމާތު ސާފުކުރުމަށާއި ބުކިން ހެއްދުމަށް ގުޅާނީ 7741313 އަށެވެ. ކޭޝް ނޫނީ ޓްރާންސްފަރކޮށްގެންވެސް ޓިކެޓަށް ފައިސާ ކެނޑޭނެއެވެ. އަނެއްކާ ސަޅި ކަމަކީ ލޯންޗަށް އަރުވާ އެއްވެސް މުދަލަކަށް ނާލެއް ނުނަގާނެއެވެ. ޖާގަ އޮތިއްޔާ އަރުވައިދޭނެއެވެ.

"ސީ ޝައިން" ގެ ޚިދުމަތަކީ އަށް އަހަރުގެ ތަޖުރިބާއާއެކު، އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޚިދުމަތެކެވެ.

މީގެ އިތުރުން މޯލްޑިވްސް "ސީ ޝައިން"ގެ ފަރާތުން ހުރާގައި ގެސްޓުހައުސްގެ ޚިދުމަތްވެސް ދޭކަން ފާހަގަކޮށްލަމެވެ.