ދިވެހި ބަހުގެ ލިޔުންތައް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްހާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވަނީ، ދިވެހި ލިޔުންތެރިންގެ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް އަރިސްކުރައްވާފައެވެ.

ރައީސް ވަނީ، ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކާ، ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށް، ކުޑަކުދިންނާ ޒުވާނުން ދިވެހި ބަހަށް ޝައުޤުވެރި ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ އަށް ވަނަ ދުވަހުއެވެ. ދިވެހި ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ޖުލައި މަހުގެ އަށް ވަނަ ދުވަސް ފާހަގަކުރަނީ، އެދުވަހަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޗާޕްކޮށް ޝާއިއުކުރި މައްޖައްލާ، "އަލް އިޞްލާޙު" ނެރުނު ދުވަސްކަމުގައި ވާތީއެވެ. އެއީ 1993 ވަނަ އަހަރުއެވެ.

އެެހެންކަމުން 1993 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ލިޔުންތެރިންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، މިދުވަސް ފާހަގަކުރާތާ އަހަރަށް މިވީ 30 އަހަރެވެ.

ކޮންމެ އަހަރަކުވެސް ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރުމަށް ދިވެހި ބަހުގެ އެކަޑަމީއިން ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދާއިރު، މިއަހަރުވެސް މިދުވަހުގެ މުނާސަބަތުގައި ގިން ހަރަކާތްތަކެއް ވަނީ ރާވާފައެވެ. އަދި ދިވެހި ލިޔުންތެރިންގެ ދުވަހުގެ ރަސްމީ ޖަލްސާވެސް އޮންނާނެކަމަށް ދިވެހި ބަހުގެ އެކަޑަމީއިން ބުނެއެވެ.