ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް މިނިވަން 58ގެ ނަމުގައި ހާއްސަ އޮފާއެއް މިއަދު ތައާރަފްކޮށްފިއެވެ.
މިނިވަން ދުވަހާއި ކުރިއަށް އަތް ޗުއްޓީތެރޭގައި އާއިލާ އަދި އެކުވެރިންނާއި ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް އަދި ޕޯސްޓަޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް އުރީދޫއިން ތަޢާރަފްކޮށްފައިވާ މިނިވަން 58 ޕެކް މެދުވެރިކޮށް މުޅި ދުވަހަށް 58 ޖީބީ ޑޭޓާ ލިބިގެންދާނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.
އެންމެ 50 ރުފިޔާއަށް ލިބޭ މި ޕެކޭޖް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު އެކްޓިވޭޓް ކުރެވޭނެއެވެ. އަދި ހަމައެހެންމެ، #1*929*އަށް ގުޅުއްވައިގެން ނުވަތަ D50 ޖައްސަވާފަ 5555އަށް އެސްއެމްއެސް ކުރެއްވުމުން ވެސް ވަގުތުން އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް http://ore.do/app މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭ މި ހާއްސަ އޮފާ 26 ޖުލައި 2023 އިން ފެށިގެން 31 އޮގަސްޓް 2023ގެ ނިޔަލަށް ނެގޭނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.
އުރީދޫން ވަނީ މެނޭޖްމަންޓް އަދި މުޅި ޓީމުން އުރީދޫގެ ކަސްޓަމަރުންނަށާއި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ.