ވަރުގަދަ ރޯގާއެއް ފެތުރި މާލޭގެ ހޮސްޕިޓަލްތައް ބާރު ބޮޑުވަމުން އަންނާތީ އެކަމުގެ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.
ރޭން ފެށިގެން ކުއްލިއަކަށް ބޭރަށް ހިންގުމާއި ހޮޑުލުން މާލެ ގައި ވަނީ އިތުރުވެފައެވެ.
މީހުން ބަލިވަނީ ރޭގެ ފުޅަނދުބުރު ބަލަން ނިކުތް އާންމުން ބޭނުން ކުރަން ބަޔަކު ބެހި އެއްޗެއްގެ ސަބަބުން ކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން އަދި މިކަން ކަށަވަރެއް ނުކޮށްދެއެވެ.
ބަލި މީހުން ކުއްލިއަކަށް ގިނަވުމުން އެކަމުގެ ކަންބޮޑު ފާޅުކުރައްވައި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަބްދުﷲ ނިޔާފް ވަނީ އާންމު ހޮޑުލެވޭތީ އަދި މީހުން ބޭރަށް ހިންގާތީ އީއާރްއަށް ދައްކާ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެއްޖެކަމަށާއި ބޯ ފެނަކީ ސާފު ފެންކަން ޔަގީން ކުރެއްވުމަށްފަހު ބޭނުންކުރުމަށް އެދިވަޑައިގެންފައެވެ. އަދި ފެން ކައްކައި، ހިހޫކޮށްގެން ބުއިން އަދި ފިލްޓަރުކޮށްފައި ހުންނަ ފެނަކީ މިދުވަސްވަރު ރައްކާތެރި ގޮތެއްކަމަށް އޭނާ ވިދާޅުވިއެވެ.
ކަންބޮޑުވުން ފާޅުކުރައްވައި ކުޑަކުދިންގެ ޙާއްސަ ޑރ. އަހުމަދު ފައިސަލް ވަނީ އަތް ދޮވެގެން ނޫނީ ނުކެއުމަށާއި އަވަސްއަވަހަށް އަތް ދޮވެލަން އާދަކުރަން ހަނދާންކޮށްދީފައެވެ. މީގެ އިތުރުން އަވަސްއަވަހަށް ދިޔާއެއްޗެހިދީ ހަށިގަނޑުން ފެންމަދުވިޔަ ނުދީވޭތޯ ބެލުމަށް ފައިސަލްވަނީ ނަސޭހަތްތެރިވެފައެވެ.
މައުލޫމާތު ލިބޭ ގޮތުން އޭޑީކޭއާއި އައިޖީއެމްއެޗްގެ އިތުރުން ސެނެހިޔާއަށްވެސް ގިނަ ބަޔަކު ދަނީ ފަރުވާ ހޯދުމަށް ދަމުންނެވެ. އޭގެ ތެރެއިން ގިނައީ ކުޑަކުދިންކަމަށްވެސް މައުލޫމާތު ލިބެއެވެ.